އީޒެޕް ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް: ފޮޓޯ/އީޒެޕް
ވިޔަފާރި
03 Jul 2025 | 15:41
އީޒެޕް-ހޮންޑާ ބޮޑު އިނާމުގެ ނަސީބުވެރި ފަރާތާ ސައިކަލް ހަވާލުކޮށްފި

ޝީޝާއާ ގުޅިގެން އީޒެޕްއިން ކުރިއަށްގެންދިޔަ އީޒެޕް-ހޮންޑާ ބޮޑު އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މިދިޔަ މަހު ކުރިއަށް ގެންދިޔަ މޯލްޑިވްސް ފުޑް ކާނިވަލްގައި އީޒެޕުން އެކިއެކި ހަރާކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ ގިނަ މީހުންގެ ޝައުގުވެރިކަން ހޯދި އެއް ކަމަކީ ސައިކަލް ލިބޭ ގިވްއަވޭއެވެ. 

މި ގިވްއަވޭގައި ވަރަށް ކުޑަކުޑަ ކަމެއް ކޮށްލައިގެން، އެންމެ ފަހުގެ ހޮންޑާ އެއާބްލޭޑް 125 ސައިކަލެއް ނަސީބުވެރިއަކަށް ދޭ ގޮތަށް އޮތީ ހަމަ ޖެހިފައެވެ. 

އެ ގިވް އަވޭގެ ނަސީބުވެރި ފަރާތް މިހާރު ހޮވާފައި ވާއިރު، ނަސީބުވެރިއަކަށް ހޮވިފައިވަނީ ސަމާއެވެ. 

އީޒެޕުން ބުނީ މިފަދަ އިތުރު ގިވްއަވޭތައް ކުރިއަށް އޮތް ތަނުގަނުގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އީޒެޕަކީ ވަރަށްގިނަ ހިދުމަތްތަކެއް އެކުލެވޭގޮތަށް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ސުޕަ އެޕްލިކޭޝަނެވެ. މި އެޕް ތަރައްގީކޮށްފައިވަނީ ރާއްޖޭގައި މިހާރު ދެވޭ ގިނަ ޚިދުމަތްތައް ހިމަނައިގެންނެވެ.

އީޒެޕް ފާހަގަކޮށްލެވޭ އެންމެ މައިގަނޑު އެއް ސަބަބަކީ ޕަބްލިކް ޑެލިވަރީ ޑްރައިވަރޒްގެ ގޮތުގައި ސައިނަޕް ވެގެން ކޮންމެ ފަރާތަކައްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ތަޢާރަފްކޮށްފައި ވާތީއެވެ.

އަދި، ކޮންމެ ކަހަލަ ސްޓޯރ އަކަށްވެސް ސައިނަޕް ވެގެން އޮންލައިންކޮށް ސޭލްސް ހަދައި، ޑެލިވަރީ ކުރުމާއެކު ކަސްޓަމަރުންނާ ހަމަޔަށް ހިދްމަތް ފޯރުކޮށްދެވޭތީއެވެ. 

އީޒެޕް އެޕް ޑައުންލޯޑް ކުރުމަށް

އެންޑްރޮއިޑް: https://play.google.com/store/apps/details?id=com.eeezap.driver

އައިއޯއެސް: https://apps.apple.com/mv/app/eeezap-driver/id6738038803

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.