ދުނިޔެއިން ފެނިފައިވާ މާސް ޕްލެނެޓްގެ އެންމެ ބޮޑު ގައު- ފޮޓޯ/ ބީބީސީ
ދުނިޔެ
17 Jul 2025 | 07:40
ދުނިޔެއިން ފެނުނު، މާސް ޕްލެނެޓްގެ އެންމެ ބޮޑު ގައު، 4.3 މިލިއަން ޑޮލަރަށް ވިއްކާލައިފި

ދުނިޔޭގެ ބިމުން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު، މާސް ޕްލެނެޓްގެ ގައު (މެޓިއޮރައިޓް) 4.3 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ. މި ގައު ވިއްކާލާފައިވަނީ ނިއުޔޯކްގައި ހުންނަ ސޯތަބީސް އޮކްޝަން ހައުސްގައި ބޭއްވުނު ނީލަމެއްގައެވެ. 

"އެންޑަބްލިޔުއޭ 16788" ގެ ނަމުން މަޝްހޫރު މި ގަލުގެ ބަރުދަނަކީ 24.5 ކިލޯގްރާމެވެ. އަދި އޭގެ ދިގުމިނަކީ ގާތްގަނޑަކަށް 38.1 ސެންޓިމީޓަރެވެ. ސޯތަބީސް އިން ހާމަކުރި ގޮތުގައި، މިއީ މިހާތަނަށް ބިމުން ފެނިފައިވާ މާސްގެ އެންމެ ބޮޑު ގަލެވެ. އަދި މިގައު، މިހާތަނަށް ފެނިފައިވާ ދެވަނަ އެންމެ ބޮޑު ގަލަށްވުރެ 70 އިންސައްތަ ބޮޑެވެ.

މި ގާ ފެނިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނައިޖަރގެ ސަރަހައްދަކުންނެވެ. އުޑުގާ ނުވަތަ މެޓިއޮރައިޓަކީ، ތަރިއެއް ނުވަތަ ކޮމެޓެއް ބިމުގެ ފަޒާގެ ތެރެއިން ދަތުރުކުރުމަށްފަހު ބާކީވާ ގައުގެ ބައިތަކެވެ.

ސޯތަބީސް އޮކްޝަން ހައުސް އިން ބުނި ގޮތުގައި، މިފަދަ ރަތްކުލަޔަށްދާ މުށިކުލައިގެ ގައު ވަރަށް މަދެވެ. މިހާތަނަށް ބިމުން ފެނިފައިވަނީ މާސްގެ ގާތްގަނޑަކަށް 400 މެޓިއޮރައިޓެވެ. ސޯތަބީސްގެ ސައިންސް އަދި ނެޗުރަލް ހިސްޓަރީގެ ނައިބު ޗެއަރމަން ކަސަންޑްރާ ހެޓަން އޮންލައިންކޮށް ދޫކޮށްލި ވީޑިއޯއެއްގައި ވިދާޅުވީ، މާސް ޕްލެނެޓްގެ އެހާ ބޮޑު ގަލެއް ދުނިޔޭގެ ބިމާ ހަމައަށް ފޯރުމަކީ ވަރަށް ކުޑަ ޗާންސެއް އޮތް ކަމެކެވެ. 

"މިއީ ބިމުން ފެނުނު މާސްގެ އެންމެ ބޮޑު ގައު. މާސް އިން މިތަނަށް (ބިމަށް) މި އައުމުގެ ފުރުސަތު ނިހާޔަތަށް ކުޑަ. ބިމުގެ ގާތްގަނޑަކަށް 70 އިންސައްތަ ސަރަހައްދުގައި ފެން ހުރޭ. އެހެންކަމުން، މި ގާ ކަނޑުގެ ތެރެއަށް ނުވެއްޓި، ބިމުގެ ހިކި ސަރަހައްދަކަށް ވެއްޓުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް." ކަސަންޑްރާ ވިދާޅުވިއެވެ. 

ނީލަމުގައި 4.3 މިލިއަން ޑޮލަރަށް ވިއްކި ނަމަވެސް، އިތުރު ޓެކްސްއާއި ފީ ހިމަނައިގެން ގަލުގެ ޖުމުލަ އަގު ގާތްގަނޑަކަށް 5.3 މިލިއަން ޑޮލަރަށް އަރައެވެ. މި ގައު ގަތް ފަރާތުގެ މައުލޫމާތު ވަނީ ސިއްރުކޮށްފައެވެ.

މި ބުދަ ދުވަހު ބޭއްވުނު މި ނީލަމުގައި 100 އަށްވުރެ ގިނަ ތަކެތި ވިއްކާލިއެވެ. އޭގެތެރޭގައި ޖުރާސިކް ދައުރުގެ ސެރަޓޯސޯރަސްގެ ކަށިގަނޑެއް 26 މިލިއަން ޑޮލަރަށް، އަދި ޕެކީސެފަލޯސޯރަސްގެ ސްކަލް 1.4 މިލިއަން ޑޮލަރަށް ވަނީ ވިއްކާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް