ޚުތުބާ އަޑުއަހަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
18 Jul 2025 | 13:25
އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފަރުކުރުން ހުއްދައެއް ނުވާނެ: ޚުތުބާ

ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފަރުކުރުން ހުއްދައެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މުސްލިމަކު ކާފިރު ކުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމް ޖަމާޢަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށާ އަދި އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުން ކަމަށެވެ.

އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށް ފަހު، އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ޙުއްޖަތާއި، ސާބިތު ހެތްކާއި ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ޙަރާމް ކަމެކެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ޝަރުޢީ ނައްޞުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ޤަދްފުކުރުމަކީ ޙަރާމްކަންތައްކަމުގައި ވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފަރުކުރުން ހުއްދައެއް ނުވާނެ ކަމަށެވެ. މިކަން ހާމަކޮށް ޚުތުބާގައި ވަނީ ރަސޫލާ ﷺގެ ޒަމާނުގައި ހިނގައި ދިޔަ އެފަދަ ހާދިސާ ތަކަށް އަލިއަޅުވާަލާފައެވެ. 

އެއް ދުވަހަކު ސުލައިމުވަންހައިގެ މީހަކު ބަކަރިތަކެއް ގޮވައިގެން، ކީރިތި ރަސޫލާ ﷺ ގެ އަޞްޙާބުބޭކަލުންތަކެއްގެ އަރިހުން ދަމުން އެ ބޭކަލުންނަށް އޭނާ ސަލާމްގޮވައިލިއެވެ. އެ ހިނދު އެ ބޭކަލުން "އޭނާ އަހަރެމެންނަށް އެ ސަލާމް ގޮވީ އަހަރެމެންގެ ކިބައިން ސަލާމަތްވުމަށް ޓަކައިކަމަށް" ވިދާޅުވެ އޭނާ ޤަތުލުކުރައްވައި، ކީރިތި ރަސޫލާ ﷺ އަރިހަށް އޭނާގެ ބަކަރިތައް ގެންދިޔައެވެ. އަޞްޙާބު ބޭކަލުންނަށް އެ ނިންމެވުނީ ރަނގަޅަށް ނޫންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ މަގުގައި ދަތުރުފަތުރުކޮށް އުޅޭ ހިނދު، ފަހެ (ކަންކަމުގެ) ޙަޤީޤަތް ބަލައި (އޮޅުންފިލުވާށެވެ). އަދި، ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި މުދަލަށް ތިޔަބައިމީހުން އެދޭޙާލުގައި (އިސްލާމްދީނުގެ ސަލާމުން) ތިޔަބައިމީހުންނަށް ސަލާމްކޮށްފި މީހަކަށް، "ތިބާއަކީ މުއުމިނެއް ނޫނޭ" ތިޔަބައިމީހުން ނުބުނާހުށިކަމެވެ."

ހަމަކަށަވަރުން އެ ތަނުން، އެކަކަށް އެ ސިފަ ލިބޭނެތެވެ. އޭނާގެ އަޚާއަކީ، އެ ފަދަ "މީހަކަށް ވެއްޖެ ނަމަ އެއީ ޞައްޙަ ބުނުމެކެވެ. ނޫންނަމަ އެ ބަސް ބުނިމީހާއަށް" ރުޖޫއަވާނެއެވެ.

ކީރިތި ރަސޫލާ ﷺގެ ޒަމާނުގައި އެކަލޭގެފާނު ޖުހައިނާގެ ވަންހައެއްކަމުގައިވާ ޙުރަޤާއަށް އަންޞާރިއްޔަ ބޭކަލަކާ އެކު أُسَامَةُ ابْنُ زَيْدٍ رَضِيَ اللهُ عَنْهُ ފޮނުއްވިއެވެ. މި ދެ ބޭކަލުން އެ މީހުންގެ ތެރެއިން މީހަކު، ހައްޔަރުކުރައްވައި ޤަތުލުކުރައްވާން އުޅުއްވި ވަގުތު، އޭނާ ޝަހާދަތް ކިއެވެ. އެ ހިނދު އަންޞާރީ އޭނާ ދޫކޮށްލެއްވިއެވެ. ނަމަވެސް، أُسَامَةُ رَضِيَ اللهُ عَنْهُ އޭނާ ޤަތުލުކޮށްލެއްވިއެވެ. މި ޚަބަރު ކީރިތި ރަސޫލާ ﷺ އަށް ލިބިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. "އޭނާ "لَا إِلَهَ إِلَّا اللهُ" ކިޔުމަށް ފަހުގައި ވެސް ކަލޭގެފާނު އޭނާ ޤަތުލުކުރެއްވީތޯއެވެ؟" އުސާމާ ދެންނެވިއެވެ. "އޭނާ ޝަހާދަތް ކީ، މަރުން ސަލާމަތްވާންވެގެންނެވެ." ދެން ވެސް ޙަދީޘްކުރެއްވިއެވެ. "އޭނާ "لَا إِلَهَ إِلَّا اللهُ" ކިޔުމަށް ފަހުގައި ވެސް، ކަލޭގެފާނު އޭނާ ޤަތުލުކުރެއްވީތޯއެވެ؟" މި ޢިބާރާތް، ކީރިތި ރަސޫލާ ﷺ އެތައް ފަހަރަކު ތަކުރާރުކުރެއްވިއެވެ. أُسَامَةُ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "މިއަދާ ހަމައަށް ތިމަންކަލޭގެފާނު އިސްލާމްނުވެ ހުންނެވުނުނަމައޭ" ހިތްޕުޅަށް އެރިއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. "ކަލޭގެފާނު އޭނާގެ ހިތް އިރުއްވައި، އޭނާގެ ހިތުގައި ވަނީ ހަމަ އެ ގޮތަށްތޯ ނުވަތަ ނޫންތޯ ބެއްލެވީމުތޯއެވެ؟"

ކަންމިހެން ހުރުން، ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި މީސްމީހުންނާ މެދު ޙުކުމްކުރާ ބަޔަކު ކަމުގައި ނުވުމަށާއި، މީސްތަކުންނާ މެދު ހެޔޮކޮށް ހީކުރާ ޙިކުމަތްތެރިކަމާ އެކު، މާތް اللهގެ ދީނަށް ގޮވައިލާ ބަޔަކުކަމުގައި ވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.