ބޮލުން އިސްތަށި ފައިބައިފައި- ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް
15 Jul 2025 | 12:31
އިސްތަށި ފޭބުން ހުއްޓުވައި، ތަލަ ވުމުގެ މައްސަލަ ހައްލުކޮށްދޭ ބޭސް އެމެރިކާގައި ވިއްކަންފަށައިފި

އިންޑިއާގެ އެންމެ ބޮޑު ބޭސް ކުންފުނި ކަމަށްވާ ސަން ފާމާ އިން އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަކޮށް އުފައްދާފައިވާ ބޭސް 'ލެއްސެލްވީ' އެމެރިކާގެ ބާޒާރަށް ތަޢާރަފުކޮށް ވިއްކަންފަށައިފިއެވެ.

މި ބޭސް ތަޢާރަފުކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

ސަން ފާމާ އިން ބުނި ގޮތުގައި، އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވާ ބައްޔެއް ކަމަށްވާ 'އެލޮޕީޝިއާ އޭރިއާޓާ' އަށް ހާއްސަ 8 މިލިގްރާމްގެ 'ލެއްސެލްވީ' ގުޅަބޭސް މިހާރު އެމެރިކާއިން ލިބެން ހުންނާނެއެވެ.

މި ބޭސް އެމެރިކާއަށް ތަޢާރަފް ކުރުން ލަސްވީ ބޭހާއި ގުޅޭ ގޮތުން ޝައްކުތަކެއް ހުރި ކަމަށްބުނެ އެމެރިކާގެ ކޯޓެއްގައި ކުރިއަށް ގެންދިޔަ މައްސަލައެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ނުވާމާ އިންސްޓިޓިއުޝަނަލް އިކުއިޓީޒްގެ އެނަލިސްޓް ޝްރީކާންތު އަކޯލްކަރު ބުނެފައިވާ ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް މި ބޭހުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެންމެ ގިނަ އާމްދަނީ ލިބޭނެ ދުވަސްވަރު 900 މިލިއަން ޑޮލަރާ ހަމައަށްވެސް އަރާނެ ކަމަށް ބުނެފައިވެއެވެ.

"މި ބޭހުގެ ކްލިނިކަލް ޑޭޓާތައް ވަރަށް ރަނގަޅު، އަދި މި ބޭސް ތަޢާރަފުވުމާއެކު ސަން ފާމާގެ ކޮމާޝަލް ޕޯޓްފޯލިއޯ އިތުރަށް ފުޅާވެގެންދާނެ،" ޝްރީކާންތު އަކޯލްކަރު ބުންޏެވެ. 

ސަން ފާމާ އިން ބުނި ގޮތުގައި، އެ ކުންފުނީގެ ޑާމަޓޮލޮޖީ (ހަމުގެ ބަލިތަކަށް ހާއްސަ) ޕޯޓްފޯލިއޯއަށް މި ބޭސް އިތުރުވުމަކީ ވަރަށް މުހިންމު މަރުހަލާއެކެވެ.

އެ ކުންފުނިން މިހާރު ހާއްސަ ސަމާލުކަމެއް ދެމުން އަންނަނީ އާ ތެރަޕީ އޭރިއާތަކަށެވެ.

'އެލޮޕީޝިއާ އޭރިއާޓާ' އަކީ އޮޓޯއިމިއުން ބައްޔެކެވެ. މި ބަލީގެ ސަބަބުން ބޮލާއި ހަށިގަނޑުގެ އެހެން ތަންތަނުންވެސް އިސްތަށި ފޭބުން ކުރިމަތިވެއެވެ. މި ބޭސް ތަޢާރަފުވުމާއެކު، އިސްތަށި ފޭބުމުގެ މައްސަލަ ދިމާވެފައިވާ އެމެރިކާގެ ގިނަ ބަޔަކަށް ފަރުވާއެއް ލިބިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.