ލޫކާ މޮޑްރިޗް
ކުޅިވަރު
15 Jul 2025 | 10:14
ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނަށް ސޮއިކޮށްފި

ކްރޮއޭޝިއާގެ ތަޖްރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނަށް ސޮއިކޮށްފިއެވެ.

2012 ވަނަ އަހަރު ޕްރެމިއާ ލީގުގެ ޓޮޓެންހަމް އިން ރެއާލް މެޑްރިޑަށް ބަދަލުވި މޮޑްރިޗް ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމީ އެކުލަބުގައި ކާމިޔާބު 13 އަހަރު ހޭދަކުރުމަށްފަހު އެވެ. އަދި ހިލޭ ޓްރާންސް އެއްގައި އޭނާ އޭސީ މިލާނާއެކު ސޮއިކުރީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. 

މީގެ އިތުރުން ދެފަރާތުން އެއްބަސްވާނަ މި އެއްބަސްވުން 2027 ވަނަ އަހަރުގެ ޖޫން މަހާގެ ނިޔަލަށް އިތުރެވޭފަދަ މާއްދާއެއް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އަދި މިލާނުގައި މޮޑްރިޗް ބޭނުންކުރާނީ ނަންބަރު 14 ޖާޒީގައެވެ.

އުމުރުން 39 އަހަރުގެ މިޑްފީލްޑަރު މިސީޒަން ނިމުމާއެކު ރެއާލް މެޑްރިޑް ދޫކޮށްލާނެކަން މިއަހަރުގެ މޭ މަހު އިއުލާންކޮއްފައިވާއިރު، ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ރެއާލް މެޑްރިޑާއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަމުން، އެކުލަބުން ވަނީ ނިމިދިޔަ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް މޮޑްރިޗް އާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ކުލަބު ވޯލްޑްކަޕްގެ ސެމީފައިނަލުގައި ޕީއެސްޖީ އަތުން ބަލިވެ ރެއާލް ކެޓުމާއެކު ރެއާލް އާއެކު މޮޑްރިޗް ފަހުން ހެދި އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.

ރެއާލް މެޑްރިޑްގައި މޮޑްރިޗް ހޭދަކުރި 13 އަހަރުތެރޭގައި އޭނާ ވަނީ އެޓީމަށް 597 މެޗު ކުޅެ، އެޓީމާއެކު 28 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ލީގު ޗެންޕިއަންކަން ހަތަރު ފަހަރު، ކުލަބު ވޯލްޑްކަޕް ފަސް ފަހަރު، ޔުއެފާ ސުޕަކަޕް ފަސް ފަހަރު، ޔުއެފާ ޗެންޕިއަންސް ލީގު ހަ ފަހަރު، ސްޕެނިޝް ސުޕަކަޕް ފަސް ފަހަރު، ކޮޕާ ޑެލަރޭ ދެފަހަރު އަދި އިންޓަކޮންޓިނަންޓަލް ކަޕް އެއްފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ. 

މީގެ އިތުރުން 2018 ވަނަ އަހަރުގެ ފީފާ ދަ ބެސްޓް އެވޯޑާއި ބެލެންޑޯ އެވޯޑްގެ އިތުރުން އެއަހަރު ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީވެސް މޮޑްރިޗް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.