ކިޔުބާގެ ޑަސްބިން ތަކެއް ކައިރީ މީހުންނާއި ކުދިން: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
16 Jul 2025 | 10:03
ސަލާން ޖަހަނީ ’ފަސޭހަ ފައިސާ‘ ހޯދަން އުޅޭ މީހުން ކަމަށް ބުނި ކިޔުބާގެ ވަޒީރު އިސްތިއުފާ ދޭން އަންގައިފި

ކިޔުބާގައި ސަލާން ޖަހާ މީހުން ނެތް ކަމަށާ، އަދި ކުނިގޮނޑުތަކުން ކާބޯތަކެތި ހޯދާ މީހުންނަކީ ފަސޭހައިން ފައިސާ ހޯދަން މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވުމާ ގުޅިގެން، އެގައުމުގެ މަސައްކަތްތެރިކަމާ އަދި އިޖުތިމާޢީ ސަލާމަތާ ބެހޭ ވަޒީރު، މާޓާ އެލީނާ ފެއިޓޯ-ކަބްރޭރާ، އިސްތިއުފާ ދޭން އަންގައިފިއެވެ.

މިދިޔަ ހަފްތާގެ ކުރީކޮޅު، ކިޔުބާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ފެއިޓޯ-ކަބްރޭރާ ވިދާޅުވީ، ކޮމިއުނިސްޓް ވެރިކަމެއް ހިނގާ ކިޔުބާގައި "ސަލާން ޖަހާ މީހުންނެއް ނުތިބޭ" ކަމަށެވެ.

އަދި އެއީ "ފަސޭހައިން ފައިސާ ހޯދުމަށް ސަލާން ޖަހާކަމަށް ހަދައިގެން އުޅޭ ބައެއް" ކަމަށްވެސް އޭނާ ސިފަ ކުރެއްވިއެވެ. މީގެ އިތުރުން، ކުނިގޮނޑުތައް ބަލައި ހޯދާ މީހުންނަކީ "ރީސައިކްލިންގ ސާވިސްގެ ޣައިރުޤާނޫނީ ބައިވެރިން" ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ވަޒީރުގެ މި ވާހަކަތަކާއި ގުޅިގެން ކިޔުބާގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވިއެވެ.

އެގޮތުން، ކިޔުބާގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ވަޒީރު އިސްތިއުފާ ދިނުމަށް ގޮވާލާ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި ވަޒީރުގެ އެވާހަކަތަކަކީ "ކިޔުބާގެ ރައްޔިތުންނަށް ދެވުނު ބޮޑު ނިކަމެތިކަމެއް" ކަމަށް ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން، ކިޔުބާގެ ރައީސް މިގޭލް ޑިއާޒް-ކަނެލް، ވަޒީރަށް ފާޑުވިދާޅުވެފައިވާއިރު، ވަޒީރު މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށް ކިޔުބާ ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.