ހަބަރު
23 Jun 2023 | 11:10
ހަގީގީ ވާހަކަ: الله އަށް ވަކީލު ކުރުމުން ހިނދުކޮޅެއްގެ ތެރޭގައި ފަގީރު އާއިލާއެއް ތަނަވަސްވެގެން ދިޔަގޮތް

އެއްޒަމާނެއްގައި ޙާތިމުލް އަޞަމް ކިޔުނު ވަރަށް ތަގުވާވެރި އަދި ދީންވެރި ބޭފުޅެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ދަރިން ގިނަ އެހެން ނަމަވެސް ފަގީރު ބޭފުޅެކެވެ. އެހެންކަމުން، އުމުރުގެ އެ ވީހާތަނަށް އައި އިރުވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެއް ނުވެއެވެ. 

އެހެން ނަމަވެސް، ހައްޖު މޫސުން އައިސް އެހެން މީހުން ހައްޖަށް ދާތަން ފެނުމުންއެ ޝައުގު ހިތުގައި އުފެދި، އެކަމަށް ނުހަނު ބޭނުންވެވަޑައިގެންނެވިއެވެ. الله ޞުބުހާނަހޫ ވަތަޢާލާގެ ގެކޮޅަށް ވަޑައިގެން އެ މަތިވެރި ފަރުޟު އަދާކުރެއްވުމުގެ އުއްމީދު އާލާވާން ފެއްޓެވިއެވެ. 

އެހެންކަމުން، އެކަމާއިމެދު ވިސްނާ ފިކުރުކޮށް، އެ އަޅުކަން ކުރެއްވުމުގެ ތަނަވަސްކަން ނެތުމުން އިންތިހާއަށް ކަންބޮޑުވެ ދެރަވިއެވެ. އަދި ދެރެވިވަރުން އެކަލޭގެފާނަށް ރޮވެން ފެށިއެވެ. 

މި މަންޒަރު އެކަލޭގެފާނުގެ ކުޑަ އަންހެން ދަރިކަނބަލަކަށް ފެނިވަޑައިގެންނެވިއެވެ. އަދި ބައްޕަ ރޮނީ ކީއްވެތޯ އެ ދަރިފުޅު ބައްޕަ ކުރެން އެއްސެވިއެވެ. 

ސުވާލަށް ޖަވާބު ދެއްވަމުން ހާތިމުލް އަޞަމް، އެކަލޭގެފާނުގެ ހިތުން އެދެމުންދާ އެދިލެއްވުން ދަރިފުޅަށް ހާމަކުރެއްވިއެވެ. 

ބައްޕަގެ ވާހަކަ އަޑު އަހާފައި ހައްޖަށް ދިޔުމަށް ދަތުރު ފެއްޓެވުމަށް އެ ދަރިފުޅު އެދިލެއްވިއެވެ. 

ނަމަވެސް، އެ އާއިލާގެ މާލީ ތަނަވަސްކަން ހުރިގޮތުން، ހައްޖަށް ދިޔުމަށް ޚަރަދު ކުރާނެ ފައިސާ އަތުގައި ނެތް ކަމަަށް އެކަލޭގެފާނު ވިދާޅުވި އެވެ. 

"ބައްޕާއެވެ! الله ދެއްވާނެއެވެ." ޖަވާބުގައި އެ ދަރިފުޅު ބުންޏެވެ. 

ދަރިފުޅުގެ އެ ޖަވާބާއި އެކު ހާތިމުލް އަޞަމް، އެކަލޭގެފާނުގެ އަތްޕުޅުގައި ދަރިންނަށާއި ކުދިންގެ މަންމަ ކުރާނެ ޚަރަދުވެސް ނެތް ކަމަށް ވިދާޅުވި އެވެ. 

"ބައްޕާއެވެ! الله ދެއްވާނެއެވެ." ޖަވާބުގައި އެ ދަރިފުޅު ބުންޏެވެ. 

އެއަށްފަހު ކުދިންގެ މަންމަގެ ހުއްދަ ނެތި ހައްޖަށް ނުދެވޭނެ ކަމަށް އެކަލޭގެފާނު ވިދާޅުވި އެވެ. 

އެހެންކަމުން، އެ ކުއްްޖާ މަންމައާއި ދެން ތިބި ކުދިންވެސް އެއްކުރުމަށްފަހު، ބައްޕަ ހައްޖަށް ދިޔުމަށް ހުއްދަ ދެއްވުމަށް އެދިލެއްވިއެވެ. އަދި ރިޒުގު ދެއްވަނީ الله ކަމަށާ، އެކަލާނގެ، އެކުދިންގެ ބައްޕަ އަށާއި ޢާއިލާއަށްވެސް ރިޒުގު ދެއްވާނެ ކަމަށް ދެންނެވިއެވެ. 

އެ ކުއްޖާގެ ވާހަކަ އެއްސެވުމަށްފަހު ކުއްްޖާގެ މަންމައާއި ދެން ތިބި ކުދިންވެސް، ކުދިންގެ ބައްޕައަށް ހައްޖަށް ދިޔުމުގެ ހުއްދަ ދެއްވިއެވެ. 

ހައްޖަށް ދިޔުމުގެ ކުރިން، ހާތިމުލް އަޞަމް އެކަލޭގެފާނުގެ އާއިލާއަށް ދެއްވީ ތިން ދުވަހު ކާނޭ ތަކެއްޗެކެވެ. އެއަށްފަހު ވާނެ ގޮތެއް ނޭނގޭހާލުގައި الله އަށް ވަކީލުކުރައްވައި ފައި މަގުގައި ހައްޖަށް ދިޔުމަށް ދަތުރު ފެއްޓެވިއެވެ. އެ ރަށުގެ ހައްޖަށްދާ ގާފިލާއެއްގެ ފަހަތުންނެވެ. 

އެ ގާފިލާއަށް ވަކި ހިސާބަކަށް ދެވުނުތަނާ، ގާފިލާގެ ބޮޑު މީހާގެ ގަޔަށް ނަގުލަންދާއްޓެއް ކަށިޖެހިއެވެ. އެއާއެކު ގާފިލާގެ ބޮޑު މީހާ އެ ވޭނުގައި އުޅެން ފެށުމުން، އޭނާގެ ކައިރީގައި ތިބި މީހުން ފަހަތުގައި ހާތިމުލް އަޞަމް ހުންނެވި ކަމަށް ވިދާޅުވި އެވެ. އަދި އެކަލޭގެފާނުގެ އަރިހުން ރުޤުޔާ ކުރެއްވުމަށް އެދިލެއްވުމަށް ދެންނެވުމުގެ ޚިޔާލު ދެއްވިއެވެ. 

އެހެންކަމުން ހާތިމުލް އަޞަމް ގެނެސް، އެކަލޭގެފާނު ލައްވާ ރުގުޔާ ކުރެއްވިއެވެ. އެއާއެކު الله ގެ ރަހުމަތުން އެ މީހާއަށް ޝިފާ ލިބިގެން ދިޔައެވެ. 

އެކަމުގެ އުފަލުގައި، ހާތިމުލް އަޞަމްގެ ހައްޖު ދަތުރުގެ އެންމެހާ ހަރަދެއް، ގާފިލާގެ ބޮޑު މީހާ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

އެއާއެކު އެކަމަށްޓަކައި الله އަށް ޝުކުރު އަދާކުރައްވައި، ހާތިމްގެ ޢާއިލާ އާއި މެދު ކަންކަން ވެގެންދާ ގޮތް ދެއްކެވުމަށް ދުޢާ ކުރެއްވިއެވެ. 

ހާތިމް ހައްޖަށް ދާން ނުކުންނެވިތާ ތިން ދުވަސް ވެގެން ދިޔުމާއިއެކު، އޭނާގެ އާއިލާއަށް ކެއުމަށް ހުރި ހުރިހާ އެއްޗެއް ހުސްވެއްޖެއެވެ. އެހެންކަމުން، ކާނެ އެއްޗެއް ނެތި، ބަނޑުހައިވެގެން ހުރިހާ ކުދިން ކަންބޮޑުވެ، އެއްބައި ކުދިން ރޯން ފެށިއެވެ. އަދި އެފަދައިން ކަން ވީ އެ ކުދިންގެ ކޮއްކޮ ބުނިގޮތް ހެދުމުން ކަމަށް ބުނެ، ކޮއްކޮއަށް އެއްޗެހި ކިޔަންފެށިއެވެ.

ނަމަވެސް އެކަމާ އެ ކުއްޖާ ދެރައެއް ނުވިއެވެ. އޭގެ ބަދަލުގައި ހޭން ފެށިއެވެ. 

ކުއްޖާ ހޭން ފެށުމުން، ވަރަށް ނުރުހުންވެ، ކުއްޖާގެ މަންމަ ކުއްޖާއާއި ދިމާއަށް ބުންޏެވެ. 

"މަންމަ އާއި ހުރިހާ ކުދިން ބަނޑަށް ޖެހުމުންވެސް ދަރިފުޅު ހެނީ ހެއްޔެވެ؟" 

"މަންމާއެވެ! ބައްޕަ އަކީ ރިޒުގު ދެއްވާ ފަރާތްތޯއެވެ. ނުވަތަ ރިޒުގު ކާ ފަރާތް ހެއްޔެވެ؟" މަންމަގެ ސުވާލަށް ޖަވާބު ދެއްވައި އެ ކުއްޖާ ސުވާލު ކުރެއްވިއެވެ. 

ޖަވާބުގައި، ބައްޕައަކީ ރިޒުގު ކާ ފަރާތެއް ކަމަށް މަންމަ ބުނުމުން، "ރިޒުގު ކާ ފަރާތް ދިޔައީއެވެ. ނަމަވެސް ރިޒުގު ދޭ ފަރާތް ވޮޑިގެންވެއޭ" އެ ދަރިފުޅު ދެންނެވިއެވެ. 

އޭގެ އިރުކޮޅެއް ފަހެވެ. އެ ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާ އަޑުއިވުނެއެވެ. އެއީ ކާކުތޯ ހާތިމުލް އަޞަމްގެ އަނބިކަނބަލުން އެއްސެވިއެވެ. 

ޖަވާބުގައި ރަށުގެ އަމީރުގެ ވަޒީރު ކަމަށް ބޭރުގައި ހުރި މީހާ ދެންނެވިއެވެ. އަދި އަމީރު ޝިކާރަ ކުރައްވަން ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް ވަރަށް ބޮޑަށް ފެން ފޮދަކަށް ޖެހިވަޑައިގެންނެވި ކަމަށާ، އެތަނާއި އެންމެ ކައިރީގައި ހުރި ގެއަކީ އެ ގެ ކަމުން އެ ގެއިން ފެން ފޮދެއް ދެއްވުމަށް އެދި ލެއްވީ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

އެހެންކަމުން، ހާތިމުލް އަޞަމްގެ އަނބިކަނބަލުން، އެގޭގައި ހުރި އެންމެ ރީތި ފެން އަޅާ ކަންވާރަށް ފެން އެޅުއްވުމަށްފަހު ފެން ދެއްވިއެވެ. 

އަމީރު ފެން ހިއްޕެވުމަށްފަހު ފެން ގެނައީ ކޮން ގެއަކުންތޯ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ހާތިމުލް އަޞަމްގެ ގެއިން ކަމަށް ވަޒީރުން ދެންނެވިއެވެ. 

އެއާއެކު، ފެނުގެ އުޖޫރައެއްގެ ގޮތުން، އަމީރުގެ އުނަގަނޑުގައި އަޅުވާފައިވާ ކަމަރު ނައްޓަވައި އެ ގޭގެ ދޮރުމަތީގައި ބޭއްވިއެވެ. އެ ކަމަރަކީ އަގުބޮޑު ޖަވާހިރު ހިމެނޭ އަގު ހުރި ކަމަރެކެވެ. 

އަދި އަމީރުއަށް ކަމެއް ކޮށްދޭނަމަ، އެހެން މީހުންވެސް އެފަދައިން އެމީހުންގެ ކަމަރު ބޭއްވުމަށް އެދިލެއްވިއެވެ. އެއާއެކު ހުރިހާ ވަޒީރުންވެސް އެ ބޭފުޅުންގެ އަގުބޮޑު ކަމަރުތައް ނަންގަވައި، އެތަނުގައި ބޭއްވިއެވެ. 

އެތަން ފެނުނު ވިޔަފާރިވެރިއެއް، އަމީރުއަށާއި، ވަޒީރުންނަށް އިހްތިރާމް ކުރުމުގެ ގޮތުން އެ ހުރިހާ ކަމަރެއް ގަތެވެ. އަދި އޭގެ ފައިސާ ހާތިމުލް އަޞަމްގެ އާއިލާއަށް ދިނުމަށްފަހު، އެ ކަމަރުތައް އަމީރު އަށާއި، ވަޒީރުންނަށް އަނބުރާ ދެއްވިއެވެ. 

އެފަދައިން، ކުޑަ ކުޑަ އިރުކޮޅެއް ކުރިން ބަނޑަށް ޖެހިފައި ތިބި، ހާތިމުލް އަޞަމްގެ ޢާއިލާ ތަނަވަސް މުއްސަނދި ތަނަވެސް އާއިލާ އަކަށް ވެގެން ދިޔައެވެ.

އެކަމާއި އާއިލާގެ އެހެން މީހުން އުފާ ފާޅުކުރަން ފެށިއިރު، ހާތިމުލް އަޞަމްގެ ކުޑަ ދަރިފުޅުގެ ލޮލުން ކަރުނަ ނިރާލިއެވެ. 

އެތަން ފެނި، ދަރިފުޅު ރޮނީ ކީއްވެތޯ މަންމަ ސުވާލު ކުރެއްވިއެވެ. 

"އެ އަމީރަކީ އޭނާގެ ނަފްސަށް މަންފާއެއްވެސް ގެއްލުމެއްވެސް ނުދެވޭ މީހެކެވެ. އޭނާއަށް މަރު ގެންނެވުމެއް ދިރުއްވުމެއްވެސް ނުވެއެވެ. ފޮނުއްވުމެއްވެސް ނުވެއޭ. އެކަމަކު، އޭނާ ކުޑަ ކުޑަ ބަލާލުމަކުން ތިމަންނަ މެންނަށް ތިމަންނަ މެންނަށް ބަލާލީތީ، ހަމްދަރުދީ ވީތީ، ތިމަންނަމެންގެ މުއްސަނދި ގެއަކަށް ބަދަލުވެގެން ދިޔައިރު، الله ތަޢާލާ ތިމަންނަ މެންނަށް ރަހުމުގެ ބެލުމުން ބައްލަވައިފި ނަމަ، ދެން ވާނެ ގޮތް ހިތަށް އަރުވާ ލައްވާށެވެ." ޖަވާބުގައި އެ ކުއްޖާ ބުންޏެވެ. 

***************

ޙަޔާތުގައި އަހަރެމެންނަށް ދިމާވާ ކަންކަމުގައި ވަރަށް ފަސޭހައިން މާޔޫސްވެ އުއްމީދު ކަނޑާލެވޭ ފަހަރުތައް އާދެއެވެ. އެހެން ނަމަވެސް، ގަބޫލު ކުރަންޖެހޭ ކަމަކީ ކޮންމެ ކަމެއްގައިވެސް ހެވެއް ވާ ކަމެވެ. އަދި ކޮންމެ ފަދަ ގޮތަކަށް ކަންކަން ދިމާވި ނަމަވެސް، الله ތަޢާލާ އަބަދުވެސް އަހަރެމެންނާއިއެކު ވޮޑިގެންވާ ކަމެވެ. އެހެންކަމުން، އެކަލާނގެއަށް ވަކީލުކޮށް، ހިތްވަރާއިއެކު ދިރުއުޅާއިގެން ކުރިއަށް ގޮސް، ބޭނުންވާ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމުން ދެރަ ގޮތެއް މެދުވެރިއެއް ނުވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.