ވާހަކަ
30 Jun 2023 | 15:41
ވާހަކަ: ސިހުރު ހަދަން ނުކުތް ޒުވާނާއަށް ވީގޮތް

ދުނިޔެވީ މަގާމުތަކުގެ ދަހިވެތި ކަމުގައި، ނުބައި، ހުތުރުވެގެންވާ ފާފަތަކަށް އަރައިގަންނަ މީހުން، ގަދީމީ ޒަމާނުއްސުރެ ދިރިއުޅެއެވެ. އާރާއި ބާރު ހޯދުމަށްޓަކައި އިންސާނީ ކަރާމާތަށް ބެލުމެއްނެތި، އަމިއްލަ އެދުމާއިގެން ހިތުހުރި ކަމެއް ކުރުމުގައި އެމީހުން އަވަދިނެތި ދިރިއުޅެމުންދިޔަ އެވެ.

އެގޮތުން ގަދީމީ ޒަމާނުގައި އުޅުނު ރަސްކަލެކެވެ. އެ ރަސްގެފާނު ސިހުރުވެރިއެއް ގެންގުޅުނުވެ. އެ ސިހުރުވެރިޔާ މުސްކުޅިވެ، ލޯބޯ ކޮށިވުމުން، އޭނާގެ ކައިރިއަށް ޒުވާން ކުއްޖެއް ގެނެސްދިނުމަށް ރަސްގެފާނަށް ދެންނެވިއެވެ. އެ ސިހުރުވެރިޔާ މަރުވެގެން ދިޔުމުގެ ކުރިން، ސިހުރު ހެދުމަށް ސިއްްހަތު ސަލާމަތުން ހުރި ޒުވާނެއް ޓްރެއިން ކުރުމަށެވެ. މަރުވެގެންދާއިރުވެސް އެ ނުބައި, މާތް اللهގެ ޙަރާމް ކުރެއްވި ކަންތައް އެހެން މީހަކަށް ކިޔައިދިނުމުގެ ނިޔަތުގައެވެ.

ސިހުރުވެރިޔާގެ އެ އެދުމާއި އެއްގޮތަށް އޭނާ ކައިރިއަށް، ރަސްގެފާނު، ޒުވާނަކު ފޮނުވަން ފެށިއެވެ. އެ ޒުވާނާ، ސިހުރު ހަދާ މީހާ ކައިރިއަށް ދާ މަގުމަތީގައި ރާހިބަކާއި ދިމާވާން ފެށިއެވެ. އެގޮތުން ދިމާވެ އޭނާ ދައްކާ ވާހަކަތައްވެސް އަޑުއިވެން ފެށިއެވެ. އެ ވާހަކަ ތަކުން، އެ ރާހިބު މީހާގެ ޢިލްމުވެރިކަމުގެ ފުރިހަމަކަން ފެނި، އެކަމަށް ޝައުގުވެރިކަން އުފެދެން ފެށިއެވެ. 

ރާހިބުން ނަކީ، އަޅުކަމުގައި މުޅި އުމުރު ހުސްކޮށް އެކަމުގައި ވަގުތު ހޭދަ ކުރާ މީހުންނެވެ. އާއްމު ގޮތެއްގައި ރާހިބުން ތިބެނީ ނަޞާރާ ދީނުގައެވެ. މި ހާދިސާ ހިނގާފައިވަނީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިންނެވެ. އޭގެ ކުރިން، ޢީސާ ޢަލައިހިއްސަލާމްގެ ޒަމާނުގައި އެކަލޭގެފާނަކީ ރަސޫލެއްކަން ގަބޫލުކޮށް، އެކަނި މާތް الله އަށް އަޅުކަން ކޮށް އުޅުނު މީހުންތިބޭނީ އިސްލާމީ ހިދާޔަތުގެ މަތީގައި ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. 

އެ ރާހިބު މީހާގެ ވާހަކަތައް އަޑު އެހުމަށް ކުއްޖާއަށް ގިނަ ވަގުތު އިނދެވޭތީ ސިހުރުވެރިޔާ ކައިރިއަށް ދާ ގަޑި ލަސްވާން ފެށިއެވެ. އޭގެ ސަބަބުން ސިހުރުވެރިޔާ އޭނާ އަށް އަދަބު ދޭން ފެށިއެވެ. އެ ވާހަކަ، ރާހިބު މީހާ ކައިރީގައި އެ ކުއްޖާ ބުންޏެވެ. ރާހިބު މީހާ ދިން ލަފާއަކީ, ލަސްވަނީ ގޭގައި ކަމެއް ޖެހިގެން ކަމަށް ސިހުރުވެރިޔާގެ ގާތުގައި ބުނުމެވެ. 

އެގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް، އެއްދުވަހަކު، އެ ކުއްޖާ ހިނގަމުންދިޔަ މަގުތީގަައި ދިރޭ "ދާއްބަ" އެއް ކަހަލަ އެއްޗެއް އޮތްތަން ކުއްޖާއަށް ފެނުނެވެ. އެ ދާއްބަ އެތަނުގައި އޮތުމުގެ ސަބަބުން މީހުންނަށް ހިނގާ ބިނގާވެ އުޅެން ވަނީ އުނދަގޫ ވެފައެވެ. 

އެވަގުތު އެކުއްްޖާގެ ހިތަށް އެރިއެވެ. 

"ސިހުރު ވެރިޔާ އާއި ރާހިބު މީހާއާއި ދެމީހުންގެ ތެރެއިން މޮޅީ ކާކުތޯ މިއަދު ބަލާލަން ވެއްޖެއެވެ."

އެހެންކަމުން، ހިލަ ގަނޑެއް ނަގައި އަތަށް ހެޔޮވަރު ކޮށްލުމަށްފަހު، ރާހިބު މީހާގެ ކަންތައް ސިހުރުވެރިޔާއަށްވުރެ މަތިވެރި ކަމުގައި ވާނަމަ، އެ ދިރޭ އެތި ހިލަގަނޑުން ޖެހުމާއި އެކު މަރުގަންނަވާތޯ އެ ކުއްްޖާ މާތް اللهއަށް ދުޢާ ދެންނެވިއެވެ. 

އެގޮތަށް ދުޢާ ކުރެއްވުމަށްފަހު އެ ހިލަގަނޑު ދާއްބަ އާއި ދިމާއަށް އެއްލުމާއި އެކު އެ ދާއްބަ މަރުވެގެން ބިންމައްޗަށް ވެއްޓިއްޖެ އެވެ. 

އެ ކުއްޖާ، ރާހިބު މީހާއަށް، އެ ދުވަހު ކަންތައް ވީގޮތް ކިޔައިދިނެވެ. އެ ކިޔައި ދިނުމުން، އެ ރާހިބު މީހާ ޒުވާނާއަށް ވަރަށް ރަނގަޅު ނަސޭހަތެއް ދިނެވެ. 

"ދަންނާށޭ ކޮއި ފުޅާއެވެ. ކޮއި ފުޅު ތިޔަވަނީ ތިމަންނަ އަށްވުރެވެސް މޮޅު މީހެއް ކަމުގައި ވެފައެވެ. ތި ކަމުގެ ނަތީޖާއެއްގެ ގޮތުން، ކޮއި ފުޅަށް އިމްތިހާނު ތަކާއި ކުރިމަތިލާން ޖެހޭނެއެވެ. މީސްތަކުންގެ އުނދަގުލާއި. ރަސްގެފާނުގެ އުދަގުލާއި އަދި ދުނިޔެމަތީގެ އިމްތިހާނު ތަކާއި ކުރިމަތިލާން ޖެހޭނެއޭ. އެހެން ކަމުން ކެތްތެރި ވާށެވެ. ކޮންމެސް ނަމަނަމަ، އިމްތިހާނުގެ ވަގުތުގައި، ތިމަންނަ ނުދައްކާށެވެ. (މާނަ އަކީ އޭނާއަށް ޢިލްމު އުނގަންނައިދީ ހެދީ ރާހިބު މީހާ ކަމުގައި ނުބުނާށެވެ.)" 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަށް، އެ ކުއްޖާ ވެގެން ދިޔައީ، މީހުންނަށް ކުރިމަތިވާ އެކިއެކި ބަލިތަކަށް، މާތް الله ގެ އިރާދަފުޅާއެކު ޝިފާ ހޯދައިދޭ ކުއްޖަކަށެވެ. އެކަން ރަސްގެފާނުގެ އަރިހުގައި ދިރިއުޅޭ ލޯފަން މީހަކަށްވެސް އެނގިގެންދިޔައެވެ. އެހެންކަމުން، އެ ކުއްޖާ ގެނައުމަށްފަހު، އޭނާގެ ލޮލަށް ފަރުވާ ކުރުމަށް އެ ލޯފަންމީހާ އެދުނެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން، އެތަކެއް ހަދިޔާއެއް ކުއްޖާއަށް ދޭނެ ކަމަށް އެ މީހާ ބުންޏެވެ. 

"ތިމަންނައަކީ އެއްވެސް މީހަކަށް ޝިފާ ދިނުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫނެވެ. ޝިފާ ދެއްވަނީ މާތް الله ސުބުޙާނަހޫވަތަޢާލާއެވެ. އަދި ތި މީހާގެ ލޮލުގެ ފެނުން ދެއްވާތޯބތިމަންނަ މާތް اللهގެ ހަޟުރަތުގައި ދުޢާ ދަންނަވާފަނަމެވެ. ނަމަވެސް އެކަން ކުރާނީ ޝަރުތެއްގެ މަތިންނެވެ. މާތް اللهއަށް އީމާން ވާށެވެ." އެ ކުއްޖާ ލޯފަން މީހާއަށް ބުންޏެވެ. 

ކުއްޖާ އެހެން ބުނުމުން، ލޯފަން މީހާ މާތް الله އަށް އީމާންވިއެވެ. 

އެއާއެކު، އެމީހާގެ ލޮލުގެ ފެނުން ދެއްވާތޯ އެ ކުއްޖާ މާތް اللهއަށް ދުޢާ ދެންނެވިއެވެ. އަދި އެ މީހާގެ ލޮލަށް ފެނިގެން ދިޔައެވެ. 

ރަސްގެފާނުގެ އަރިހުގައި އުޅޭ އެ ވަޒީރުގެ ލޮލަށް ފެންނަކަން ރަސްގެފާނަށް އެނގުމުން، އެ ވަޒީރުގެ ލޮލުގެ ފެނުން ދެއްވީ ކާކުތޯ ސުވާލު ކުރިއެވެ. ޖަވާބުގައި، ލޮލުގެ ފެނުން ދެއްވީ މާތް الله ކަމަށް ވަޒީރު ބުންޏެވެ. އަދި އެއީ ރަސްގެފާނާއި، އެންމެންގެވެސް ރައްބު ކަމުގައި ވަޒީރު ބުންޏެވެ. 

ރައްބު ކަމަށް ދައުވާ ކުރަމުންދިޔަ ރަސްގެފާނަށް އެ އަޑުވެގެންދިޔައީ އަހަން ވަރަށް އުނދަގޫވި އަޑަކަށެވެ. އެހެންކަމުން، އެއީ ކާކުތޯ ހޯދުމަށް، އެ ވަޒީރު ގައިގައި ތަޅައި ވަރަށް އަނިޔާ ކުރިއެވެ. އަނިޔާތަކަށް ކެތް ނުކުރެވިގެން އެއީ އެ ކުއްްޖާ ކަމުގައި ވަޒީރު ބުންޏެވެ. 

އެއަށްފަހު، އެ ކުއްޖާ ރަސްގެފާނުގެ ދަރުބާރަށް ގެނެވި، ކުއްޖާއަށް އެކަންކަން ދަސްކޮށްދިނީ ކާކުތޯ ސުވާލު ކުރިއެވެ. ނަމަވެސް އެ ކުއްޖާވެސް، އެ ޢިލްމު ދެއްވީ މާތް الله ކަމުގައި ބުންޏެވެ. 

އެހެން ބުނުމުންވެސް ކުއްްޖާއަށް އަދަބުދީ، ކެތް ނުކުރެވޭ ވަރަށް އަނިޔާދޭންފެށިއެވެ. އަދި އޭނާއަށް ދީން އުގަންނައިދިނީ ރާހިބު މީހާ ކަމުގައި ބުނުމުން ރާހިބު މީހާ ދަރުބާރަށް ގެނައެވެ. ގެނައުމަށްފަހު، ދީން ދޫކޮށް، ރަސްގެފާނަށް އަޅުކަން ކުރުމަށް އަމުރު ކުރިއެވެ. އެހެން ނަމަވެސް ރާހިބު މީހާ އެއްބަސް ނުވުމުން އޭނާ މަރާލިއެވެ. އެއަށްފަހު ލޮލުގެ ފެނުން ލިބުނު ވަޒީރާއި މެދުވެސް އެފަދައިން ކަން ކުރިއެވެ. 

އެއަށްފަހު ދެން އެ ޒުވާން ކުއްޖާވެސް ރަސްގެފާނުގެ ދަރުބާރަށް ގެނެވުނެވެ. 

(ނުނިމޭ) 

މިއީ، އިމާމް މުސްލިމްގެ އަރިހުން ނަޤުލު ކުރެވިގެން އައިސްފައިވާ ހަގީގީ ވާހަކައެކެވެ. 

ކޮމެންޓް
ާއައިސާ
ޥަރައް ރީތި
30 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.