ލަންކާގެ މަގްބޫލު ޓޫރިޒަމް މަންޒިލެއްކަމަށްވާ ޖަފްނާ... ފޮޓޯ: ހޮލިޑިފީ
ވިޔަފާރި
05 Jul 2025 | 18:09
ޖޫންގެ ނިޔަލަށް ލަންކާއަށް 1,168,044 ފަތުރުވެރިން ޒިޔާރަތްކުށްފި

ހުސްވި ޖޫންމަހުގެ ނިޔަލަށް އަވައްޓެރި ސްރީލަންކާއަށް 1,168,044 ފަތުރުވެރިން ޒިޔާރަތްކުށްފިއެވެ.

ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޖޫންމަހު އެކަނިވެސް އެޤައުމަށް ވަނީ 138,241 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އާއިރުވެސް ލަންކާއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. 

ލަންކާގެ ޓޮފް 5 ސޯސްމާކެޓް:

- އިންޑިއާ: 241,994

- ރަޝިއާ: 112,312

- އިނގިރޭސިވިލާތް: 107,902

- ޖަރުމަނުވިލާތް: 74,576

- ޗައިނާ: 65,787

މި ތަފާސްހިސާބަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއިން ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ޒިޔާރަތްކުރި މީހުންގެ އަދަދު އުޅެނީ 16,453 ގައެވެ. ލަންކާ ފާހަގަކުރެވެނީ ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަވެރި މާކެޓެއްގެ ގޮތުގައެވެ. އަވައްޓެރި ސްރީލަންކާއިން ދަނީ އެޤައުމުގެ އިގްތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެ، މައިގަނޑު ސިނާއަތްތައް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލަންކާގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމް ކުރިއެރުވުމަށް މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ގައުމީ ކެމްޕެއިނެއްވެސް ފަށާފައެވެ.

އެގޮތުން ލަންކާއިން ވަނީ މެރައިން ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ ކަންތައްތަކެއް ފެށުމަށް ނިންމާފައެވެ. ރާއްޖެއެކޭ އެއްގޮތަށް ސްރީލަންކާއަކީވެސް ވަށައިގެން ކަނޑު އޮންނަ ޤައުމެކެވެ. ސްރީލަންކާގެ ކަނޑުގެ ސަރަހައްދުތަކަށް 167 ގިނަ އުޅަނދު ފެތިފައިވާއިރު ލަންކާ ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ އެތަންތަން ފާހަގަކޮށް ޑައިވް ޕޮއިންޓްތަކެއްގެ ގޮތުގައި އިސްތިހާރުކުރުމަށެވެ. މިއީ ޓޫރިސްޓުން ޝައުގުވެރިވާނޭ އަދި މުސްތަގްބަލް އޮތް ވިޔަފާރިއަކަށްވާނޭކަމަށް ލަންކާ ޓޫރިޒަމުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.