ފެން ހޯދަން ގޮސް ހުރި ކުއްޖަކު: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
15 Jul 2025 | 11:50
ކަރުހިއްކުން ފިލުވާލަން ބޯނެ ފެންފޮދެއް ހޯދަމުންދިޔަ ޣައްޒާގެ ކުޑަކުދިންތަކެއް ޝަހީދުކޮށްލައިފި

ޣައްޒާގެ ނޫސައިރާ ކޭމްޕުގައި ފެން ބަހާ ތަނެއްގައި، ބޯނެ ފެންފޮދެއް ލިބޭތޯ ހޯދަން ގޮސް ތިބި ކުޑަކުދިންނާއި، މީހުންނަށް އަމާޒުކޮށް ނިރުބަވެރި އިޒުރޭލުގެ ސިފައިން ދިން ވައިގެ ހަމަލާއެއްގައި 10 މީހުން ޝަހީދުވެއްޖެ އެވެ.

އިއްޔެ ހެނދުނު ދިން މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ހިމެނެ އެވެ.

މި ހަމަލާގައި ޝަހީދުވި ޢަބްދުالله ނަމަކަށް ކިޔާ ކުޑަ ފިރިހެން ކުއްޖާގެ ބައްޕަ، މަޙްމޫދު ޢަބްދުއްރަޙްމާން އަޙްމަދު ބީބީސީއަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ ދަރިފުޅު ޢަބްދުالله އާއި އެހެން ކުޑަކުދިންވެސް ފެން ހޯދަން ކިޔޫގައި މަޑުކޮށްގެން ތިއްބައި، އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.

"އެ ސަރަޙައްދުގައި ތިބީ ގަތުލްއާއްމުގެ ސަބަބުން ހާލުގައި ޖެހިފައިވާ، ހަމަލާތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ރައްޔިތުން. ޢަބްދުالله އާއި އެހެން ކުޑަކުދިންވެސް ތިބީ ކާއެއްޗެއް ނުކައި ހައިހޫނުކަންމަތީ، ފެންބޮވައި، ވަރަށްބޮށް ކަރުހިއްކައިގެންފައި." މަޙްމޫދު ބުންޏެވެ. 

އިޒުރޭލުގެ މި ހަމަލާ ދިންތަނުގެ ވީޑިއޯއެއްވެސް އާއްމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ހަމަލާގެ ސަބަބުން އެއްކޮށް ހަލާކުވެފައިވާ އިމާރާތެއްގެ ދަށުގައި ރީނދޫ ކުލައިގެ ގިނަ ފެންއަޅާ ހަންތަކެއް ހުރި މަންޒަރެވެ. އަދި އަންހެނުން ރޮއެ ހަޅޭއްލަވަމުންދާ މަންޒަރާއި، މީހުން ކުޑަކުދިން އުފުލައިގެން ދުވަމުންދާ މަންޒަރުގެ އިތުރުން ވެއްޓިފައިވާ ބައެއް މީހުންނަށް އެހީތެރިވާން މަސައްކަތް ކުރާތަންވެސް ވީޑިއޯއިން ފެނެ އެވެ.

ނޫސައިރާތުގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލުން ބީބީސީއަށް މަޢުލޫމާތު ދެމުން ބުނީ، މި ހަމަލާގައި ޝަހީދުވި 10 މީހުންގެ ތެރޭގައި ހިމެނޭ ހަ ކުޑަކުދިންނަކީ އަބްދުالله އިތުރުން، ބަދްރުއްދީން ޤަރަމާން، ސިރާޖް ޚާލިދު އިބްރާހިމް، އިބްރާހިމް އަޝްރަފް އަބޫ އުރައިބާން، ކަރަމް އަޝްރަފް އަލް-ޣުސައިން އަދި ލާނާ އަޝްރަފް އަލް-ޣުސައިން ކަމަށެވެ. އަދި 16 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ.

މި ހަމަލާއާ ބެހޭގޮތުން ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ އަސްކަރިއްޔާއިން އެމީހުންގެ ދިފާއުގައި ބުނީ، ހަމަލާ ދިނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ "ޓެރަރިސްޓް“ އަކަށް އަމާޒުކޮށް ކަމަށާއި، ނަމަވެސް "ޓެކްނިކަލް މައްސަލައެއް ޖެހިގެން ބޮން އަމާޒު ކުރި ދިމާއަށްވުރެ ދިހަ މީޓަރެއް ދުރަށް" ވެއްޓުނު ކަމަށެވެ.

ނަމަވެސް، ޝަހީދުވި ޢަބްދުاللهގެ ބައްޕަ މަޙްމޫދު ބުނީ، އިޒުރޭލުން ބޭނުންވީ "ކަރުހިއްކައިގެން ތިބި މީހުންނަށް ފެންފޮދެއްވެސް ނުބޮވޭނެ ކަމުގެ މެސެޖެއް ދޭން" ކަމަށެވެ. 

އދ. އިން ބުނާގޮތުގައި، ޣައްޒާގައި ފެނުގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއީ ފެން ސާފުކުރާ މެޝިންތަކާއި، ފެން ޕަންޕުކުރާ ނިޒާމުތަކަށް ބޭނުންވާ ތެލާއި، ބަދަލުކުރާ މުހިންމު ސާމާނު ނުލިބުމުގެ ސަބަބުންނެވެ. އަދި އިޒުރޭލުން ހިންގަމުންދާ ގަތުލްއާއްމު ތަކުގެ ސަބަބުން އެއްގަމު މަގުން އެއްވެސް އެއްޗެއް ނުފޯރާކަމީވެސް މައްސަލަ އިތުރަށް ގޯސްވެފައިވާ ސަބަބުތަކެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކަށް ދުވާލަކު ބޭނުންވާނެ އެންމެ ކުޑަ މިންވަރު ކަމަށްވާ 15 ލީޓަރުގެ ފެންވެސް ނުލިބެ އެވެ. އދ. އިން މި ޙާލަތު ސިފަކޮށްފައިވަނީ "ހަނަފަސްކަމުގެ ކާރިސާ" އެއްގެ ގޮތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.