އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ހޭޔަންބޯގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
18 Jul 2025 | 20:48
އާ ޓާމިނަލްްއިން ދޭނީ އަޔާޓާގެ މިންގަނޑުތަކުން އެންމެ މަތީ ދަރަޖައިގެ ހިދުމަތް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްް އިން ދޭނީ އަޔާޓާގެ މިންގަނޑުތަކުން ލެވެލް އޮފް ސާވިސްގެ އެންމެ މަތީ ދަރަޖައިގެ ހިދުމަތްތައް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޓީވީ މޯލްޑިވްސްގެ ހޭޔަންބޯ ޕްރަގްރާމްގައި މި ހަފްތާގެ މެހެމާނެއްގެ ގޮތުގަައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެ އަކީ ފަތުރުވެރިކަމުގެ އެންމެ އަގުބޮޑު މަންޒިލް ކަމަށް ވީއިރު ވީއައިއޭ އިން މިވަގުތު ފަތުރުވެރީންނަށް ދެމުން ދަނީ އެންމެ މަތީ ދަރަޖައިގެ ހިދުމަތެއް ނޫން ކަމަށެވެ.

ވީއައިއޭއިން ހިދުމަތް ހޯދާ މީހުންްގެ 95 އިންސައްތަ އަކީ ފަތުރުވެރީން ކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އާ ޓާމިނަލްއާ އެކު އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި އާ ޓާމިނަލް އިން ދޭނީ އަޔާޓާގެ މިންގަނޑުތަކުން ލެވެލް އޮފް ސާވިސްގެ އެންމެ މަތީ ދަރަޖައިގެ ހިދުމަތްތަކެވެ.

"އިރާދަކުރެއްވިއްޔާ މި އާ ޓާމިނަލްއާ އެކު އަޔާޓާގެ މިންގަނޑުތަކުން ލެވެލް އޮފް ސާވިސްގެ އެންމެ މައްޗާ ޖެހިގެން އިން ދަރަޖާގައި އެ ސާވިސްތައް ހުންނާނީ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ވެއިޓް ޓައިމްސްއާ ސެކިއުރިޓީ ސޭފްޓީއާ މިތަނުން ލިބެން ހުންނަ ޑިއުޓީ ފްރީއާ ކާބޯތަކެތީގެ ހިދުމަތާއި މި ނޫން ކަންކަން އެ ހުރީ ދުނިޔޭގެ ފެންވަރަށް ގެނެވިފައޭ,"

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ހޭޔަންބޯގައި ވާހަކަފުޅު ދައްކަވަނީ 

އެއާޕޯޓްގައި ހުންނާނީ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްފައި ކަން ފާހަގަ ކުރައްވާ ޓާމިނަލް ގައި ސެލްސް ސާވިސް ކޮއޮކްސް އާއި އޮޓޮމޭޓެޑް އެތައް ސިސްޓަމެއް ހުންނާނެ ކަން ފާހަގަ ކުރެއްވި އެވެ.

މުޅި ޓާމިނަލް ފިނިކުރުމުގެ ނިޒާމާއި އައްޔާއި ސައުޑްފަދަ ކޮންމެ ކަމަކީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށް ވެސް ވިދާޅުވި އެވެ. އެމްޑީ އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ އާ ޓާމިނަލާ އެކު ހިދުމަތް ހޯދާ މީހުން ކޮންމެ ކަމަކަށް މަޑުކުރަން ޖެހޭ ވަގުތު ހުރިހާ ގޮތަކުން މަދުވުމެވެ.

އެމްޑީގެ ވާހަކަފުޅާ ރިސޯޓް ރިޕްރެޒެންޓޭޓިވްސް އެއްބަސް

ވީއައިއޭގެ އާ ޓަރމިނަލް އާއެކު ލިބޭނެ ފަސޭހަތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނި, އަދި ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވި ގޮތުގައި ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވެ އެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު ރެޕުން ތިބެން ޖެހެ އެވެ.

ނަމަވެސް ނަސީރު ވިދާޅުވި ގޮތުގައި އާ ޓާމިނަލް ބޮޑުވުމުގެ ސަބަބުންންނާއި ވަސީލަތްތައް އިތުރުވުމުގެ ސަބަބުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލެއް ލިބިގެންދާނެ އެވެ. އެގޮތުން ފަތުރުވެރިން އެއަރޕޯޓުން ނުކުތުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވެ, ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވި ގޮތުގައި, އައު ޓާމިނަލާއެކު ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެ އެވެ. އެކަން ފަތުރުވެރިން ވެސް ބަލައިގަންނާނެ ކަމަށާ އަދި އައު ޓާމިނަލްގެ ތަޖުރިބާ ހިއްސާކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް ވިދާޅުވި ގޮތުގައި އައު ޓާމިނަލާއެކު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޮޑުތަނުން ފަސޭހަވެގެންދާނެ އެވެ. އަދި ޓާމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޖުލައި 26 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.