13 Apr 2024
ރައީސް ޑރ.މުޢިއްޒު 60،000 ވަޒީފާ ހާސިލްކޮށްދެއްވާނެ: ޝަރީފް
ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ސިޔާސަތަށް ތާއީދުކުރާ މަޖިލީހެއް ރައްޔިތުން ހޮވައިފިނަމަ، ޒުވާނުންނަށް ބޭނުންވާ 60،000 ވަޒީފާ ރައީސް ޑރ.މުޢިއްޒު ހާސިލްކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ނުދޭން ނިންމީ މާ ބޮޑަށް ގާބިލް ވީމާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އެ ވަޒީރުން ގާބިލް ނުވެގެން ނޫން ކަމަށް ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
16 Jan 2024
ކާގޯ ޓާމިނަލް ބޭނުން ކުރުން ލަސްކުރީ ކުރީ ސަރުކާރުން: ޝަރީފް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ކާގޯ ޓަރމިނަލްގެ އޮތީ މީގެ އެތައް ދުވަހެއް ކުރިން ނިމިފައިކަމަށާއި އެތަން ބޭނުންކުރުން ލަސްކުރީ ކުރީގެ ރައީސް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
15 Jan 2024
ހީކުރި ވަރަށްވުރެ ރައީސް މުއިއްޒު ކުޅަދާނަ، ހަލުވި ވެފައި އަވަސް
ހީކުރިވަރަށް ވުރެ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު ކުޅަދާނަކަމަށާއި، ހަލުވި ވެފައި އަވަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
29 Dec 2023
ރައީސް އަޒުލްކުރުމަށް މަސައްކަތް ކުރުމަކީ ޤައުމަށް ޤައްދާރުވުން
ރައީސުލް ޖުމުހުރިއްޔާ އަޒުލްކުރުމަށް މަސައްކަތް ކުރުމަކީ ޤައުމަށް ޤައްދާރުވުންކަމަށް އެމްޑީޕީ ދޫކުރައްވާ މިވަގުތު ވެރިކަންކުރާ ޕާރޓީ ޕީއެންސީ އާއި މިރޭ ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
15 Nov 2023
އެހެން މީހަކަށް ރިޔާސަތު ހަވާލުކުރެވޭނެ ގޮތެއް ވިދާޅުވެދެއްވަވާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ މަޖިލިސް ތަޅުމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާ ރިޔާސަތު ހަވާލު ކުރެއްވި ގޮތާމެދު ސުވާލު އުފައްދަވައި އެކަން އޮޅުން ފިލުއްވައިދެއްވުމަށް އީވާ އެދިވަޑައިގެންފިއެވެ.
13 Nov 2023
ނަޝީދު ވަކިކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޝަރީފު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު 4:00 އަށް ތާވަލުކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުކަމަށް ކަނޑައަޅައިފި އެވެ.
11 Oct 2023
"ޖުޑިޝަރީ އިސްލާހު ކުރުމަށް ހުރަސް އަޅަނީ ރިޔާސަތުން"
ޖުޑިޝަރީ އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންނާއި، ދަ ޑިމޮކްރެޓްސް ގެ މެންބަރުން ހުރަސް އަޅަމުންދާ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.