އެމްއޭސީއެލް ގެ އެމްޑީ އިބްރާހިމް ޝަރީފް-- ފޮޓޯ: ވޮއިސް
ހަބަރު
16 Jan 2024 | 16:45
ކާގޯ ޓާމިނަލް ހުރީ ނިމިފަ، އެތަން ބޭނުން ކުރުން ލަސްކުރީ ކުރީ ސަރުކާރުން: ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ކާގޯ ޓަރމިނަލްގެ އޮތީ މީގެ އެތައް ދުވަހެއް ކުރިން ނިމިފައިކަމަށާއި އެތަން ބޭނުންކުރުން ލަސްކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިބްރާހިމް ޝަރީފް  މިފަދައިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރު މަސައްކަތް ފެށިގެންދިޔަ ކާގޯ ޓަރމިނަލް 2022 ވަނަ އަހަރު ނިމުނު ނަމަވެސް އެތަން ބޭނުންކުރުމަށް އޭރުގެ ސަރުކާރުން އެއްވެސް އިސްކަމެއް ދެއްވާފައި ނުވާކަމަށެވެ. ޤައުމު ތަރައްޤީއަށް ހިންގާ މިފަދަ މަޝްރޫޢުތައް ނިމުމުންވެސް، އެ ތަންތަނުގެ ބޭނުން ނުހިފުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުންކަމަަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

""މި އިމާރާތް ޓެކްނިކަލީ 2022 ވަނަ އަހަރު ނިމުކަމުގައިވިޔަސް ބޭނުންކުރުމަށް އެހާބޮޑު އިސްކަމެއް ނުދީ ގިނަ ދުވަސްވެ، 2023 ވަނަ އަހަރާއި ހަމައަށް ދިގުލައިގެން ވަނީ ގޮސްފައި. ތަން ރަސްމީކޮށް ހަވާލުކޮށްފައިވެސް އޮޕަރޭޝަނަށް ނުގެނެސް ގިނަ ދުވަސްތަކެއް ދިޔަ. މި ފަދަ ތަނެއް ޤާއިމްކޮށް، އެތަނުގެ ބޭނުން ނުހިފި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ފައިސާތަކެއް އެއްވެސް ފައިދާއެއް ނެތި ބޭކާރުވެގެންދާ ދުވަހެއް""

ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޝަރީފް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށްވީ ވީ އެންމެ އަވަހަކަށް ކާގޯ ޓަރމިނަލް ހުޅުވައި ކާގޯގެ ހިދުމަތް އައު ޓަރމިނަލަށް ބަދަލުކުރުންކަމަށެވެ.

އެންމެ 27 ދުވަސް ތެރޭ އެމަސައްކަތް ނިންމޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށާއި ނަމަވެސް އެއަރޕޯޓްގެ އައު މެނޭޖްމަންޓުން އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި ހިދުމަތަށް ތަން ހުޅުވާލެވުނީ އެމްއޭސީއެލްގެ މުވައްޒަފުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުންކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ އައު ކާގޯ ޓަރމިނަލާއެކު މިހާރު ދިމާވާ ދަތިތަކަށް ހައްލުވެގެންގޮސް، ކާގޯގެ ހިދުމަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ.

މި އައު ޓާމިނަލަކީ މިހާތަނަށް އެއާޕޯޓުގައި ބޭނުންކުރަމުން އައި މީގެ 40 ވަރަކަށް އަހަރު ކުރިން ހެދި ޓަރމިނަލަށް ވުރެ  2 ގުނަ ބޮޑުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.