27 Jan 2023
"ރައީސް ޞާލިހަކީ ވިޝަނަރީ ބޭފުޅެއް ކަމަށް ވިދާޅުވުމުން ހަޖަމެއް ނުވި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ވިޝަނަރީ ބޭފުޅެއް ކަމަށް ވިދާޅުވުމުން، އެމަނިކުފާނާއި ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މީހުންނަށް "ހަޖަމެއް" ނުވި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.