މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/ދިޔަރެސް
ހަބަރު
05 Feb 2023 | 15:54
ޕީޕީއެމްގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރޭނީ މުއިއްޒު އަދި ޣައްސާން ކަމަށް ބެލެވޭ: ޝަރީފް

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ހަމަޖައްސައި، ނައިބެއްގެ މަގާމަށް މަޖިލީހުގެ ތ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ހަމަޖައްސަވާނެކަމަށް މިހާރު ފެންނަން ހުރި ކަންކަމަށް ބެއްލެވެމުން ގަބޫލުކުރެއްވޭކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމެވެ.

އެހެން ނަމަވެސް, ވ އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވާފައެވެ. 

އެކަމާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމާއިމެދު ސުވާލު އުފެދިފައިވާއިރު، ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ޕީޕީއެމްގެ ކެނޑިޑޭޓުގެ ގޮތުގައި ޑރ ވަހީދު ހަމަޖައްސަފާނެކަމަށް އެނާ އަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

"އެންމެ ފަހު ވަގުތު ހަމަޖައްސާނެކަމަށް ފެންނަން ހުރި ކަންކަމަށް ބަލާއިރު ގަބޫލު ކުރެވެނީ ޑރ މުއިއްޒު ކަމަށް، ނައިބަކަަށް ޣައްސާން ކަމަށް. ބަލަން ތިބެމާ." ޝަރީފު ވިދާޅުވިއެވެ. 

އެހެންނަމަވެސް އެފަދަ ނިންމުމެއް ނިންމުމުގެ އިހްތިޔާރު އޮންނާނީ ހަމައެކަނި ރައީސް ޔާމީންގެ އަތްފުޅުމަތީގައިކަމަށްވެސް އެނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ޕާޓީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށްކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ރޭ "ދުއްޕާން ޖަލްސާއިން ނިންމާލި އިދިކޮޅުގެ ހޯޕް ކޮންފަރެންސްގެ ހުރިހާ މެންބަރުން ވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދާދިނުމަށް އެ ބޭފުޅުންގެ ލެވެލްގައި ކުރެވެން ހުރި ހުރިހާކަމެއް ކޮށްދިނުމަށް އަހުދުވެފައެވެ. 

އަދި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދުވެސް ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ ޓިކެޓް ރައީސް ޔާމީން ނޫން އެހެން ފަރާތަކަށް ނުދޭނެކަމަށް ވިދާޅުވެފައެވެ. 

"މި ޕާޓީގެ ރައީސް އަކީ ރައީސް ޔާމީން.. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް، ދޫންޏެއް ބާޒެއް އެހެންއެއްޗެއް ކިޔާނެކަމެއް ނެތް ނުލިބޭނެ، އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީންއަށް" ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
ޒާހިރު
ޕީ.ޕީ.އެމް އިންނެރޭ ކެންޑިޑޭޓަކާއި ބެހޭގޮތުން އެމް.ޑީ.ޕީ ބައެއްމެންބަރުން ބެހެނީ ކޮންބޭނުމަކު.
05 Feb 2023
އަލީ ރަޝީދު
ހޯޕް ހޯޕް މުއިޒް! ހާދަ ދުވަހެއްގެ ހުވަފެނެކޭ ތިޔައީ! މަރްހަބާ! އަދުރޭއަށް ހަމަ އެއްކަމެއްވެސް ނެތީ ހެއްޔެވެ؟
05 Feb 2023
ޖެރީ
ަމވޯޓާ ސަރީފައް ކޮންބެހޭކަމެ ކޮންމެމީވަކު ނެރުނަސް
05 Feb 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.