ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/އެމްޑީޕީ
ހަބަރު
30 Jan 2023 | 10:05
ބަލި ގަބޫލު ނުކުރުމަކީ ޑިކްޓޭޓަރުންގެ ސިފަ: ޝަރީފު

އިންތިޚާބުން ބަލިވުމުން ބަލި ގަބޫލު ނުކޮށް ބަހަނާ ދެއްކުމަކީ ޑިކްޓޭޓަރުންގެ ސިފަ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. 

މިމަހުގެ 28 ވަނަ ދުވަހު ބޭއްވިގެންދިޔަ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީ ނިމި، ނަތީޖާ އިއުލާން ކުރިތާ 1 ދުވަސް ފާއިތުވެގެން ދިޔައިރު، އިންތިޚާބު ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ފަރާތުން އިންތިޚާބާއި ގުޅިގެން ވެސް އެނޫންވެސް ގޮތުން އެއްވެސް ޚަބަރެއް ނުވެއެވެ. އެމަނިކުފާނު ނަތީޖާ ގަބޫލު ކުރެއްވި ކަމެއްވެސް ނުކުރައްވާ ކަމެއްވެސް، އަދި ހާމައެއް ނުކުރައްވައެވެ. 

އެހެން ނަމަވެސް، އެމަނިކުފާނުގެ ކެންޕެއިން ޓީމުގައި ތިއްބެވި ބައެއް މެމްބަރުން އަންނަނީ އިންތިޚާބު އިންސާފުވެރި ނޫން ކަމަށް ވިދާޅުވެ، ގިނަ ވާހަކަތައް ދައްކަވަމުންނެވެ. 

އެކަމާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ، އިންތިޚާބު ގެ ނަތީޖާ ގަބޫލު ކުރުމަކީ ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރާ ލީޑަރުންގެ ސިފައެއް ކަމަށެވެ. އެގޮތުން، އެމެރިކާގެ ކުރީގެ ނާއިބު ރައީސާއި، ހިލަރީ ކްލިންޓަން ވެސް އިންތިޚާބުން ބަލިވުމުން އެކަން ގަބޫލު ކުރެއްވިކަމަށެވެ. 

"އަބަދުވެސް ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތަށް އިސްކަންދޭންވާނެ." ޝަރީފް ވިދާޅުވި އެވެ. 

މިއާއެކު ޝަރީފު ކުރެއްވި އެހެން ޓުވީޓެއްގައި އޭނާ ވަނީ އިންތިޚާބުން ބަލިވުމުން ބަލި ގަބޫލު ނުކޮށް ބަހަނާ ދެއްކުމަކީ ޑިކްޓޭޓަރުންގެ ސިފަ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.