މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) -- ފޮޓޯ/ އެމްޑީޕީ
ހަބަރު
16 Feb 2023 | 11:14
ޕާޓީގެ މަގާމުތަކުގައި ތިބެ، އަސާސީ ގަވާއިދާއި ހިލާފްވާނަމަ، ރަނގަޅީ އިސްތިއުފާދެއްވުން: ޝަރީފް

ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވަނީނަމަ، ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.

ނުސީދާ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކާދެކޮޅު ހަދައި، ޕާޓީގެ އަސާސީ ގަވާއިދާއި ކަނޑައެޅިގެން ދެކޮޅު ހަދަމުންދާއިރު، އެ ބޭފުޅުންނަށް މަގާމުތަކުގައި ތިބެވިދާނެތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ. 

"ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާދެއްވުން" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފް މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލި ގަބޫލުކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، އެ ނަތީޖާ ގަބޫލު ނުކުރައްވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވަމުން ގެންދަވާތީ އެވެ. އެގޮތުން، އެމަނިކުފާނު އިންތިޚާބުން ބަލިވީ އެމްޑީޕީ ގެ މެންބަރުން ތަކެއް ވަކިކޮށްގެން އިންތިހާބު ބޭއްވުމުން ކަމަށް ބުނެ، އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއްވެސް މިހާރު ވަނީ އުފައްދަވާފައެވެ. އަދި އެ ގޮތްޕަށް މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ވެސް އެމަނިކުފާނު އަންނަނީ ކުރައްވަމުންނެވެ. 

މީގެ އިތުރުން، ރައީސް ނަޝީދު ގެ ފެކްޝަނުގެ ފަރާތުން ވަނީ، ޕްރައިމަރީ އަލުން ބާއްވައި، ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ހަވާލުކުރުން ހުއްޓުވުމަށް ކޯޓް އަމުރެއް ނެރެދެއްވުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.