ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Feb 2023 | 07:56
މަގުމަތީ ބިތްޖެހިފަ ތިބޭ ޒުވާނުން މިހާރު ކުރިންހާ ގިނައެއް ނޫން: ޝަރީފް

މި ވެރިކަމުގައި މަގުމަތީގައި ބިތްޖެހިފަ ތިބޭ ޒުވާނުން ނިސްބަތުން މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ޑްރަގާއި ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޝަރީފު ވިދާޅުވީ މިހާތަނަށް ޑްރަގުގެ ވިޔަފާރި ހުއްޓުވުމަށް އެންމެ ބޮޑު އަދި ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވީ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށެވެ. އަދި އެންމެ ގިނަ ޑްރަގު އަތުލާ ނައްތާލީވެސް މި ސަރުކާރުން ކަމަށެވެ. 

މި ސަރުކާރުގައި ނިސްބަތުން ބިތްޖެހިފައި ތިބޭ ޒުވާނުންވެސް މަދުކަމަށް އޭނާ ވިދާޅުވި އެވެ. 

ކާނިވާ ސްޓޭޖުމަތީގައި ނިދަމުން ދިޔަ ޒުވާނުންތަކެއް/ މިހާރު ފޮޓޯ: 2021

"ޑްރަގް ވިޔަފާރި ހުއްޓުވުމަށް އެންމެ ބޮޑު އަދި ކާމިޔާބު މަސައްކަތެއް ކުރީ އިބޫ ޞާލިހުގެ ސަރުކާރުން. އެންމެ ގިނަ ޑްރަގު އަތުލާ ނައްތާލީވެސް މިވެރިކަމުގައި. މަގުމަތީ ޖެހެން ޖެހެމުން ދިޔަ ޒުވާނުންތައް މިހާރަކު ކުރިން ފެންނަވަރާ ގާތަށްވެސް ނުފެނޭ"

މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ)

ޑްރަގާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތައް ދިފާއު ކުރައްވާ ޝަރީފު ޓްވީޓު ކުރައްވާފައިވަނީ ދިވެހިރާއްޖެއަށް ވައިގެ މަގުން ޑްރަގު އެތެރެކުރާ މީހުން އަނބުރާ ފޮނުވާ ލެވޭގޮތަށް ހަދާފައިވާ ގަވައިދު އިސްލާހުކުރުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ޕީޖީއިން ތްރީލައިން ވިޕް ނެރުމުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ. 

އެމްޑީޕީގެ ޕީޖީއިން އެފަދައިން ވިޕް ނެރުނީ ސަރުކާރުން އަންގައިގެންކަމަށް ބައެއް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ދެކެވުނު ބައެއް ވާހަކަތަކަށްވެސް ޝަރީފު ވަނީ ރައްދުދެއްވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ މަޖިލިސް ތެރެއިން ފެނިގެން ދިޔައީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރިތަން ނޫން ކަމަށެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅީ ސަރުކާރު ބަދުނާމުކޮށް ފަޟީހަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

ޑްރަގުގެ މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއްކަމަށް އެންމެންވެސް ގަބޫލުކުރާއިރު، އިދިކޮޅު ފަރާތްތަކުން ފަހަރެއްގައި ވެސް މަސައްކަތް ކުރަނީ އެ މައްސަލަ ހައްލުކުރުމަށް ނޫންކަމަށް ޝަރީފު ވިދާޅުވި އެވެ. 

މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ)

"ޑްރަގުގެ ވަބާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރިފައި އޮތްކަމާއި، އެކަން ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެންމެން ގަބޫލުކުރޭ. އެހެނަސް އިދިކޮޅު ފަރާތްތަކުން މިކުރަނީ އެއްގޮތަކަށް ވެސް ކަމެއް އިސްލާހުކުރުމުގެ ނިޔަތުގައި ކުރާ މަސައްކަތެއް ނޫންކަން ހިތާމަޔާއެކު ފާހަގަކުރަން" 

މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ)

ދިވެހިރާއްޖެއަށް ޑްރަގު އެތެރެކުރާ ބޭރު މީހުން އަނބުރާ ފޮނުވެލޭ ގޮތަށް އޮތް އުސޫލު ބަދަލުކުރުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ހޫނު ބަހުސެއް ކުރެވިފައިވާއިރު، މެމްބަރުން ވަނީ އެ ގަވައިދު ހެދުމުގައި ޝާމިލުވި ފަރާތްތައް ޒިންމާ ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. 

އޭގެ އިތުރުން މަޖިލީހުގައި އެ ބަހުސް ފެށުމާއެކު، ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ ގަވައިދު އަނބުރާ ނަގާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވި އެވެ. 

ކޮމެންޓް
ވ
ތެދެއް ގިނައި އެކިފުރާގެމީހުނާ މަސްތުވާތަކެތި އަދިވިއްކާމީބުނާ ގަންނަމީހުން ހަގީގަތްބަލާކަން ޭޭނުމެއްނުެެބަލަނީ ވީހާވެސްގިނަކޮން ނާ ހުސާނާދުކޮންގެންވެރިމީހާގެރުހުންހޯދާގެންވސް ތިމާޔާފެމެލީ ބޮޑުމުސާރާގަތިބެވޭނެގޮތެއް
14 Feb 2023
ޙަސަނުގެ ދަރި
ކަލޭތިޔައީ ދޮގު ވާހަކަ ދައްކާމީހެއް ކަން ދިވެހިން ދަނޭ ދާދި ފަހުން ބުނީ ދުވަސްވީ މީހުނަށް ލިބޭފައިސާ ފަސް ހާހަށް ބޮޑުކުރީ އިބޫސޯލިހޭވެސް .
14 Feb 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.