އިބްރާހީމް ޝަރީފް
20 Dec 2022
"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ތާއީދު ކުރަނީ ކޯވިޑް މެނޭޖުކުރިލެއް ހިކުމަތްތެރިކަމުން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއްދޭނެ ތާއީދުކުރައްވަނީ ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ހިކުމަތްތެރި މަސައްކަތްޕުޅުގެ ސަބަބުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
17 Dec 2022
"ގޮންޖެހުންތަކާއެކު ވެސް އިގްތިސާދު އަންނަނީ ކުރިއަރަމުން"
ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އިގްތިސާދު އަންނަނީ ކުރިއަރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
07 Dec 2022
ރައީސް ނަޝީދު، ޝަރީފްއާއި ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މައްޗަށް އަބުރުގެ ދައުވާކޮށް އޭނާގެ އަތުން 10 މިލިއަން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
28 Nov 2022
"ގާނޫނަކީ ހަމައެކަނި އާދައިގެ ރައްޔިތުންނަށް ހިންގަން އޮންނަ އެއްޗެއް ނޫން"
ގާނޫނަކީ ހަމައެކަނި އާދައިގެ ރައްޔިތަކު ކަމެއް ކުރުމުން ހިންގަން އޮންނަ އެއްޗެއް ނޫން ކަމަށް ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެެއެވެ.
28 Nov 2022
ޝަރީފް އަތުން 10 މިލިއަން ހޯދަން ރައީސް ނަޝީދު ދައުވާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މައްޗަށް އަބުރުގެ ދައުވާކޮށް އޭނާގެ އަތުން 10 މިލިއަން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
25 Nov 2022
"އެމްޑީޕީ އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިހު"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ކަމަށާ އެނޫން ގޮތަކަށް ވަކާލާތު ކުރައްވަނީ އިދިކޮޅު ޕީޕީއެމަށް ވެރިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ފެކްޝަނުގެ މެންބަރުންނަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
23 Nov 2022
"އީވާ ނުރުހުންވީ، ރައީސް ޞާލިހު، މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރާތީ"
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ، އަދުގެ ސަރުކާރާއި، އަދި ބަޖެޓާއި މެދު ނުރުހުން ފާޅުކުރެއްވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަކީ މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރައްވާ ބޭފުޅެއް ކަމަށް ވާތީ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
18 Nov 2022
"ޚަރަދު ހަމަޖައްސަން ރަނގަޅީ ޓެކްސް ބޮޑު ކުރުންކަމަށް ތަޖުރިބާކާރުންދެކޭ"
ދައުލަތުގެ ޚަރަދު ހަމަޖައްސަން އެންމެ ރަނގަޅު ގޮތަކީ ޓެކްސް އަދި ނޮން ޓެކުސް ރެވެނިއު އިތުރު ކުރުންކަމަށް ތަޖުރިބާކާރުން ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.