މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/ މަޖިލިސް
ހަބަރު
22 Dec 2022 | 12:23
މި ސަރުކާރުން އަޅުގަނޑު ހޯދި ނާޖާއިޒު މަންފާއެއް ނޯންނާނެ: ޝަރީފު

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ހޯއްދެވި އެއްވެސް ނާޖާއިޒު މަންފާއެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝަރީފް ތާއީދުކުރައްވަނީ ސަރުކާރުގެ ތެރެއިން ބޮޑެތި މަންފާތަކެއް ލިބިވަޑައިގަންނަވާތީކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރެއްވުމާއި  ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ބޮޑެތި މަންފާތައް ހޯއްދަވާ ބައެއް ބޭފުޅުން އެހެން މީހުންނާ ދިމާލަށް ތާއަބަދު ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ސަރުކާރުން އޭނާ ކުރި ވައްކަމެއް އަދި ހޯދި ނާޖާއިޒު މަންފާއެއް ނޯންނާނެކަމަށާ، އޭނާއަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި އަބުރު ކަތިލަން ކުރާ ތުހުމަތުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން އެކި ވަރުވަރުގެ ކޮންޓްރެކްޓުތައް ނަންގަވައިގެން ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ބޮޑު އަގުގައި ތަކެތި ވިއްކަވާ ބޭފުޅުން އެހެން މީހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެއްވުން ވަނީ ހެއްވާ ކަމަކަށް. ހަމަ ގައިމުވެސް އަޅުގަނޑު ހޯދި ކޮންޓްރެކްޓެއް، ސަރުކާރަށް ވިއްކި މުދަލެއް، ކުއްޔަށް ދިން އެއްޗެއް ނޯންނާނެ." ޝަރީފް ވިދާޅުވިއެވެ. 

މީގެ އިތުރުން ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް ސިޔާސީ ލީޑަރުން ކެމްޕޭންކުރައްވައި ރައްޔިތުންގެ ތާއީދު ހޯއްދަވަން ބޭނުންކުރައްވާ ހަމައެކަނި އުކުޅަކީ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކާއި ވަގު ބަދުނާމު އެޅުވުމެވެ. އަދި އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަމާނާތްތެރިވެފައި އަމިއްލަ އެދުމެއް ނޯންނަނީ ހަމައެކަނި އެ ބޭފުޅުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.