އިބްރާހީމް ޝަރީފް
07 May 2023
"ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިޔަސް ހިތްހަމައެއްނުޖެހޭނެ"
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިއަސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ހިތްހަމައެއް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
02 May 2023
"އެމްއާރުއެމުން ސަރުކާރު ކޯލިޝަންގައި އޮވެގެން ކުރަނީ ޖެއްސުން"
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމެންޓު(އެމްއާރުއެމް) ސަރުކާރު ކޯލިޝަންގައި އޮވެގެން ކުރަނީ ޖެއްސުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
26 Apr 2023
ކޮތަޅު ބިލު އިސްލާހު ނުކޮށް މަޖިލީސް ޗުއްޓީއަށް ދަނީ
ޕްލާސްޓިކް ކޮތަޅު ބޮނޑި ޓެކްސް ނެގުން އިސްތިސްނާ ނުކޮށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ކޮތަޅު ބޮނޑީގެ އަގުތައް އިންތިހާއަށް އުފުލި ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ މަސައްކަތް ނުނިންމާ މަޖިލީސް ޗުއްޓީއަށް ދާން ނިންމައިފި އެވެ.
24 Apr 2023
"ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް"
ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
24 Apr 2023
"ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ހަދަނީ ހުސް ދޮގު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވާ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ވިދާޅުވެ ބައެއް މެމްބަރުން ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅުކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
22 Apr 2023
ރައީސް ޔާމިނުގެ ކެންޑިޑެންސީއާއި މެދު ގޮތެއް ނުނިންމާތީ ޝަރީފު ކަންބޮޑުވެއްޖެ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެންސީއާއި މެދު އިލެކްޝަން ކޮމިޝަނުން ގޮތެއް ނިންމާދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފު (މަވޯޓާ) އެދިވަޑައިގަންނަވައިފި އެވެ.
19 Apr 2023
ރިސޯޓްތަކުގެ އިސް މަގާމުތަކަށް ދިވެހިން ނަގަން ހުށަހެޅުމުން ނުރުހުން
ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ތިބި ބިދޭސީން އެ މަގާމުތަކުން ވަކިކޮށް، ފޮނުވާލުމަށްފަހު، އެ މަގާމުތަކަށް ދިވެހިން ހަމަޖެއްސުމަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ނުރުހުން ފާޅުކުރައްވައިފިއެވެ.
16 Apr 2023
"އެމްޑީޕީ ސަލާމަތް ކުރުމަށް މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން ޖެހޭ"
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާ ކަމަށާއި، އެމްޑީޕީ އިސްލާހު ކުރުމަށް އަޅާ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.