ޝަރީފް މަޖިލީސް ކޮމެޓީއެއްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
10 May 2023 | 12:12
އިޓްލޮސްގެ ރިޕޯޓު 3 ފަހަރު ކިޔައިފިން، ރައީސްގެ ސިޓީއަށް ހަވާލާދީފައެއް ނެތް: ޝަރީފު

ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށައެޅި މައްސަލަ ނިންމިއިރު އެ ކޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަަށް ހަވާލާ ދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ. 

ޝަރީފު ވިދާޅުވީ މި ދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އިޓްލޮއިން އިން ފުށުއަރާ ސަރަހައްދުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އޭނާ 3 ފަހަރު އެއްކޮޅުން އަނެއްކޮޅަށް ކިޔުއްވާފައިވާ ކަމަށެވެ. އެ ރިޕޯޓުގައި އޮތް އެއްޗެއް ފަހުމުވާ ވަރަށް އޭނާއަށް އިނގިރޭސި ބަސް ވެސް އެނގިލައްވާ ކަމަށާއި، އެ މައްސަލަ ނިންމިއިރު ރައީސް ޞާލިހު ފޮނުވިކަމަށް ބުނާ ސިޓީއާއި ހަވާލާ ދީފައި ނުވާކަމަށް ޝަރީފު ވިދާޅުވި އެވެ. 

"އިޓްލޮސް އިން ބަލާފައި އޮތީ އަންކްލޮސް އާއި އިން ބެހުމުގެ އެކި މައްސަލަތަކުގައި ނިންމާފައި ހުރި ޕްރިސިޑެންސްތަކުގެ މައްޗަށް. އެއްވެސް މީހަކުގެ ސިޓީއަކަށް ނޫން. އަދި ދެ ފަރާތުން ވަކާލާތު ކުރި ގޮތާއި ފާހަގަކުރި ނުގުތާތަކަށް ބަލާ ޖަޖު ނިންމި ގޮތަކަށް ނިންމީ"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 

ޝަރީފު އެ ވިދާޅުވު ގޮތަށް އިޓްލޮސްގައި އޮތް މައްސަލަ ނިންމާފައިވަނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ. އެއީ ފުށުއަރާ ސަރަަހައްދު ރާއްޖެއިން ބުނާ ޕޮއިންޓަކުން (ސޮލަމަން ރީފް) އިން ފެށިގެން ހަމަޔަށް ބައި ކުރުމަށެވެ. 

ކޯޓުގައި ވަކާލާތު ކުރަމުން ދިޔައިރު ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖެ ތަމްސީލުކުރި ގާނޫނީ ޓީމުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު އަދި އާޒިމާ ޝުކޫރުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އިޓްލޮސްގައި ދިވެހި ސަރުކާރުގެ ފަރާތުން ނަގާފައިވާ ޕޮސިޝަނަކީ ވެސް ޤާނޫނާއި ޚިލާފު ޕޮސިޝަނެއްކަމަށް އެ ފަރާތްތައް ފާހަގަކުރައްވަ އެވެ. 

ހަމަޔަށް ބައި ނުކޮށް، ރާއްޖެއަށް މަންފާވާ ގޮތަށް ބަހަން ދިވެހި ދައުލަތުގެ ފަރާތުން ހުށައަޅާފައި ނުވުމަކީވެސް ޤާނޫނީ ބޭފުޅުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ނުކުތާއެވެ. 

އެގޮތުން ޗާގޯސް އަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި، ފުށުއަރާ ސަރަހަދެއް ހަމައަށް ބައިކުރަން ޖެހޭނީ ގައުމުތަކުގައި މެދުގައި ކަމަށާއި، އެ ސަރަހައްދަކީ ދިވެހިން މަސްވެރިކަން ކުރަމުން އަންނަ ސަރަހައްދަކަށް ވެފައި، މޮރިޝަސްއަކީ މަސްވެރި ގައުމަކަށް ނުވާއިރު، ދާ އަޅަން ލައިސެންސް ދޫކުރާ ގައުމަކަށް ވުމުން، އެތަން އެމީހުންނަށް ލިބިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކައަކީ ދިވެހި ދައުލަތުން ކޯޓުގައި ދައްކަން ޖެހޭނެ ވާހަކަތަކެއްގެ ގޮތުގައި ފަންނީ އެކިއެކި ބޭބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަމުންނެވެ. 

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅާއި، އެ މައްސަލައާއި ގުޅުމެއް ނެތް ނަމަ މޮރިޝަސްއިން އިޓްލޮސްއަށް އެ ސިޓީ ހުށައަޅަން ނުޖެހުނީސް ކަމަށާއި، ކޯޓުގައިވެސް އެ ސިޓީއާއި ހަވާލާދީ ވާހަކަދައްކާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގައި ރައީސް ޞާލިހުގެ އެ ސިޓީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށް ޑރ މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.