މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
21 May 2023 | 10:51
ފިކުރެއްގެ ދިރުމުގެ ސައިޒަކަށް ވާނީ އެމްއާރްއެމްގެ ސައިޒު: ޝަރީފު

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދާ ޕާޓީގެ ސައިޒަކަށް ވާނީ، ސަރުކާރި ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ސައިޒު ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ކުރިންވެސް "ފިކުރެއްގެ ދިރުން" އަށް 50,000 މީހުން ސޮއި ކޮށްފި ކަމަށާ، އެ ފެކްޝަނުން ރާއްޖޭގެ އެކި ރަށްތަކުގައި ގޮފިތައް ހަދައިގެން، ބޮޑު ކޮންގްރެސް އެއް ބާއްވާނެ ކަމަށް ވެސް މީގެ ކުރިން ބުނަމުން ދިޔަ ކަމަށެވެ. އަދި އެ ކޮންގްރެސް މެދުވެރިކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އަތްޕުޅުން އަތުލައި ރައީސް ނަޝީދަށް ދެއްވާނެ ކަމަށް އަޑު ހަރުކޮށް ގޮވަމުން ދިޔަކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެކަން އެގޮތަށް ނުވުމުން މިހާރު އެ ފެކްޝަނުން ދައްކާ ވާހަކަ އަކީ ފިކުރެއްގެ ދިރުން އެމްޑީޕީ އަށްވުރެ ވެސް ބޮޑު ވާނެ ވާހަކަ ކަމަށް ޝަރީފު ވިދާޅުވި އެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ މުސްތަގުބަލުގައި ފިކުރެއްގެ ދިރުމަށް ވާނެ ގޮތް، އެމްއާރްއެމް އިން އެއޮތީ ފެންނަން ކަމަށާ، ރިޔާސީ އިންތިހާބަށްފަހު ފިކުރެއްގެ ދިރުމުގެ ސައިޒު އަކަށްވެސް ވާނީ އެމްއާރްއެމްގެ ސައިޒު ކަމަށެވެ. އަދި އެމްއާރްއެމް އެ ޕަޓީގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ފަހަތުން އެނބުރޭ ގޮތަށް ފިކުރެއްގެ ދިރުން އެނބުރޭނީ ރައީސް ނަޝީދު ގެ ފަހަތުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

އެމްއާރްއެމް އަކީ މެންބަރުން މަދު ޕާޓީއެކެވެ. އެ ޕާޓީގައި 3000 މެންބަރުން ހަމަ ނުވެގެން އެ އަދަދަށް މެންބަރުން ހަމަ ކުރުމަށްފަހު އިރު އިރު ކޮޅާއި އިލެކްޝަންސް އަށް ހުށަހަޅައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ މިހާރު ހިނގަމުންދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ޚިލާފަށް ކަމަށް ބުނެ އެމްޑީޕީގައި ހިމެނޭ ގިނަ މެންބަރުން ތަކެއް އެ ޕާޓީން ކެނޑި، އައު ޕާޓީއެއް އުފައްދަވާނެ ކަމަށް ފާއިތުވި ބުދަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އަދި އިދިކޮޅު ޕީޕީއެމް ފިޔަވައި، ދެން ރާއްޖޭގައި އޮންނާނެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަކަށްވާނީ, ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީ ކަމަށް އެ ފެކްޝަނުގެ މެންބަރުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ