ކޮތަޅުގައި އާންމު މީހުން ގެއަށް ބޭނުންވާ ސާމާލު ނުފުލަނީ/ ފޮޓޯ: އަވަސް
ހަބަރު
26 Apr 2023 | 11:51
ކޮތަޅު ބިލު އިސްލާހު ނުކޮށް މަޖިލީސް ޗުއްޓީއަށް ދަނީ

ޕްލާސްޓިކް ކޮތަޅު ބޮނޑި ޓެކްސް ނެގުން އިސްތިސްނާ ނުކޮށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ކޮތަޅު ބޮނޑީގެ އަގުތައް އިންތިހާއަށް އުފުލި ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ މަސައްކަތް ނުނިންމާ މަޖިލީސް ޗުއްޓީއަށް ދާން ނިންމައިފި އެވެ. 

ސަރުކާރުން ސްޕޮންސާކޮށްގެން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައެޅި އިސްލާހުގައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް ކަނޑައަޅާފަ އެވެ. އެ އިސްލާހު ހުށައެޅިއިރު ކުނި ގާނޫނުގެ 35 ވަނަ މާއްދާއަށް އޭރު ގެނައި އިސްލާހުގައި އޮތީ 50 ކޮތަޅު ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮޑިން ފީ ނެގުން އިސްތިސްނާކޮށްފަ އެވެ. 

އެހެން ނަމަވެސް ބިލު ފާސްކުރިއިރު އެ އިސްތިސްނާ ހިމަނާފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ޕްލާސްޓިކް ކޮތަޅު ގަންނަ ކޮންމެ މަރުހަލާއެއްގައި ދައުލަތަށް ދެ ރުފިޔާ ދައްކަން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގުތަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. 

އެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން، އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުން އެ މާއްދާ އަލުން އިސްލާހުކުރުމަށް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ.

އެ އިސްލާހުގެ ބަހުސް މިހާރު މަޖިލީހުގައި ފަށާފައިވާއިރު، އިއްޔެ ތިމާވެއްޓާއި ބެހޭ ވަޒީރު މަޖިލީހަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަނީ އެ ބިލު ވީހާވެސް އަވަހަކަށް އިސްލާހުކޮށް ކޮތަޅުން ތަކުރާރުކޮށް ޓެކްސް ނެގުން ހުއްޓުވުމަށް ބިލު ފާސްކޮށްދިނުމަށް އެދިވަޑައިގަންނަވާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ވަނީ ކޮތަޅު ބިލު އިސްލާހުކޮށްފައި ނޫނީ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ނުދިއުމަށް އެދިވަޑައިގެންފަ އެވެ. 

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް 

"މިހާރު ބަހުސްކުރެވެމުންދާ ކުނި މެނޭޖުކުރުމުގެ ބިލަށް ހުށައެޅިފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ހުށައަޅަން. އިއްޒަތްތެރި މެމްބަރު ތާއީދު ކުރައްވާނެކަމަށް ހުށައަޅަން"

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް 

މެމްބަރުގެ އެ ހުށައެޅުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެއީ މެމްބަރަށް ހުށައެޅޭނެ ކަމެއް ނޫން ކަމަށެވެ. އެ އިޚްތިޔާރު މެމްބަރަށް ލިބިގެން ނުވާކަން ތަކުރާރުކޮށް ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ މިހާރުވެސް ތާވަލުކުރެވިފައިވާ ގޮތަށް މަޖިލިސް މާދަން ފެށިގެން ޗުއްޓީއަށް ދާނެ ކަމަށެވެ. 

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

"އިއްޒަތްތެރި މެމްބަރަށް ސާފުކޮށް އަރުވަން ޖެހޭ އިއްޒަތްތެރި މެމްބަރަށް ހުށައެޅެން ނެތް ކަމެއް ތިޔަ ހުށައެޅުއްވީ. އެހެންވީމަ ސާފުކޮށް ދިނީ. އިރާދަކުރެއްވިއްޔާ މާދަން މި މަޖިލީސް ޗުއްޓީއަށް ދާނެ"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

އެހެންކަމުން ދެން އެ ބިލު އިސްލާހު ކުރާނީ މަޖިލީސް ޗުއްޓީއިން އެނބުރި އައިސްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އަމަލުކުރެވެމުން ދާނީ މިހާރުވެސް އަމަލުކުރާ ޤާނޫނަށެވެ. 

އެހެންކަމުން މަޖިލީސް ޗުއްޓީގައި އޮންނަ މުއްދަތުގެ ތެރޭގައި މިހާރުވެސް ނަގާގޮތަށް ކޮންމެ ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ދައުލަތަށް ނަގަމުންދާނެ އެވެ. އަދި ކޮތަޅު ބޮނޑީގެ އަގުތައްވެސް ހުންނާނީ މިހާރު އުފުލިފައިވާ އަގުތަކުގަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.