ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު/ ފޮޓޯ: މަޖިލިސް
ހަބަރު
24 Apr 2023 | 15:11
ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ހަދަނީ ހުސް ދޮގު: ޝަރީފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވާ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ވިދާޅުވެ ބައެއް މެމްބަރުން ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅުކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަކަށް ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށާއި، ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވައިލައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ. 

ޝަރީފު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް މިހާތަނަށް ކަނޑައަޅާފައި ނުވާކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ސަރަހައްދާއި ގުޅޭގޮތުން ޚިލާފު އުފެދިއްޖެ ނަމަ އެކަން ހައްލު ކުރެވޭނީ ބައިނަލްއަގުވާމީ ކޯޓަކަށް ގޮސްގެން ކަމަށާއި، މިހާރު އިޓްލޮސްގައި ކުރިއަށް ދަނީ އެ މައްސަލަކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ސަރުކާރުން ވަކާލާތު ކުރަމުންދަނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށް ކަމަށާއި، ރާއްޖޭގެ ސަރަހައްދުން އެންމެ އަކަ އިއްޗިއެއްވެސް ގެއްލޭގޮތަށް މި ސަރުކާރުން މަސައްކަތް ކުރަމުން ނުދާކަމަށް ޝަރީފު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ ސިޓީފުޅަކުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ޑީލު ހައްދަވާފައިވާކަމަށް ވިދާޅުވެ ބައެއް މެމްބަރުން ހައްދަވަމުންދަނީ ކަނޑައެޅިގެން އިތުރުފުޅުތަކެއް ކަމަށެވެ. 

"ބައިނަލްއަގުވާމީ ކޯޓަކަށް ގޮސްގެން ދިވެހިރާއްޖޭގެ ސަރަހައްދުން އެންމެ އަކަ އިންޗިއެއްވެސް ނުގެއްލޭނެ. ގެއްލުމުގެ ފުރުސަތެއްވެސް ނެތް. ގައުމެއްގެ ދޭތެރޭގައި ހުށައަޅާ ނަމަ، އެ ބަހަން އޮންނަ ބައިނަގްއަގުވާމީ ހަމަތަކާ އެއްގޮތަށް ބަހާނީ. އެއްގޮތަކަށްވެސް އެއީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކުރެވޭ ކަމެއް ނޫން. އެހެންވީމަ އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކައެއް. އެހެންވީމަ ސިޓީ އެކޭ ކިޔައިގެން މި ދައްކާ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް"

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު 

ޝަރީފުު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް އެހެން ފަރާތަކަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ވަރުގެ ކަމެއްވެސް ނޫން ކަމަށެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބެންޖެހޭކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެ ސްޓޭންޑާއި ގުޅިގެން މިހާރު ކޯޓުގައި ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ަައަހްމަދު
މަވޯޓާގެ އެއްވެސް އިލްމެއް އަދި ހިލްމެއްވެސް ނެތް އަނގަ ހުއްޓާލާ
24 Apr 2023
ޙުސޭން
ޝަރީފު އަދި ކިތަންމެ ބާރަކަށް ތިހެން އަދިބުނިއެއްކަމަކު ތިވާހަކަ ރައްޔިތުންނަކައް ޤަބޫލެއް ނުކުރެވޭނެއެއްނުން ތިސިޓީގަ ލިއެފައި އިންއެއްޗެއް ހާމަނުކުރާހާހިދަނކު. ހުރިހާވެސް މައްސަލައަކީ ކަންކަން ސިއްރުކޮއް ފޮރުވާތީ!
24 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.