މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް
ހަބަރު
24 Apr 2023 | 22:13
ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް: ޝަރީފް

ދުނިޔޭގެ ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. 

ޝަރީފް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ. ޝަރީފް ވިދާޅުވެފައި ވަނީ ރާއްޖެއަކީ ދުނިޔޭގެ ކޯޓު ތަކުންނާއި ޔޫއެން އިން ނިންމާ ނިންމުންތައް ބަލައި ނުގަނެ ބޮލާލާ ޖެހޭ ވަރުގެ އާރާއި ބާރު ހުރި ޤައުމެއް ނޫން ކަމަށެވެ. އަދި ޤައުމު ތަކާއި އެކު އެކުވެރި ގުޅުމެއް ބޭއްވުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު އޮތް ގޮތް ކަމަށެވެ.

"ދުނިޔޭގެ ގުޅުންތަކާއި ގުޅުން ކަނޑާލައިގެން ރާއަޖެއަށް ވާނެ މޮޅެއް ނެތް، ރާއްޖެގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ޤައުމިތަކާއި ގާތް ގުޅުމެއް ބޭއްވުން، ދުނިޔޭގެ ޤައުމު ތަކާއި ޖައްސާލައިގެން  އިދިކޮޅުން މިކުރާ މަސައްކަތަކީ ވަރަށް ނުރައްކާތެރި ކަމެއް" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޗާގޯސް ގެ މައްސަލައިގައި ގޮތެއް ނިންމުން ހުކުރު ދުވަހަށް ތާވަލު ކުރެވި، މި މައްސަލައާއި ގުޅިގެން އެތައް ފާޑު ކިޔުންތަކެއް ސަރުކާރަށާއި ރައީސް އަށް އަމާޒުވަމުން ދާ ދުވަސް ވަރެއް ގައެވެ. 

ޗާގޯސް މައްސަލައިގައި ގޮތް ނިންމުމަށް ބާއްވާ އަޑު އެހުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިމަހުގެ 28 ވަނަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ. އެއީ ރާއްޖޭ ގަޑިން 8:00 ގައެވެ. 

ކޮމެންޓް
އަހުމަދު
މީ ހަމަ ފައިސާއަށް ފުމޭ ދުންމާރިއެއް.
25 Apr 2023
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.