އިބްރާހީމް ޝަރީފް
07 Mar 2023
"ކޯލިޝަންގައި ޖޭޕީ އޮއްވާ އަލީ ދައްކަވަނީ ހެއްވާ ވާހަކައެއް"
އަދުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ދައްކަވަނީ ހެއްވާ ވާހަކައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
05 Mar 2023
"އިންފްލޭޝަން މައްޗަށް ދާއިރު މުސާރަ ބޮޑުކުރުމަކީ ރަނގަޅު ފިޔަވަޅެއް"
އިންފްލޭޝަން މައްޗަށްދާ ދުވަސްވަރެއްގައި މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް ރަނގަޅަށް އެޅުއްވި ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެެއެވެ.
01 Mar 2023
"ޤައުމުގެ ސްޓްރެޓެޖިކް އެސެޓު ވިއްކުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުން"
ޤައުމެއްގައި ހުންނަ ސްޓްރެޓެޖިކް އެސެޓު ވިއްކުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުމާއި އެއްފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
"އެމްއާރުއެމް އާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވާނެ ފައިދާއެއް ނެތް"
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރުއެމް އާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
27 Feb 2023
ބެންކް އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަ ކަމުން: ޝަރީފް
ބެންކް އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަ ކަމުން ކަމަށާއި މިކަމުގައި ބޭންކްގެ މައްސަލަ އެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
26 Feb 2023
ޖޭޕީން ކެންޑިޑޭޓެއް ނެރޭ ހިސާބުން ކޯލިޝަން ރޫޅޭނެ: ޝަރީފު
މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓެއް ނެރޭ ހިސާބުން، މިހާރު އެމްޑީޕީގެ ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅިގެންދާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
19 Feb 2023
"ރިޔާސީ ޓިކެޓު އެރުވި ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގަތުމަކީ ހުތުރު އަމަލެއް"
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާއަށް، ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެންނެވުމަކީ ހުތުރު ޢަމަލެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
16 Feb 2023
"ޕާޓީގެ ގަވާއިދާއި ހިލާފްވާނަމަ، ރަނގަޅީ އިސްތިއުފާދެއްވުން"
ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވަނީނަމަ، ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.