ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 13:20
ބީއެމްއެލްއަށް ފާޑުކިޔާ ނަމަ އިޤްތިޞާދު ފުނޑޭނެ: ޝަރީފު

ދިވެހި ރައްޔިތުންގެ ބޭންކު (ބޭންކް އޮފް މޯލްޑިވްސް) އަށް ފާޑުކިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ފުނޑޭނެވަރުގެ ނުރައްކާތެރި ކަމެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައިބާ ކްރައިމްގެ އަމަލުތަކަކީ ކުށެއްކަމަށް ހެދުމަށް ޤާނޫނުލްޢުޤޫބާތަށް ހުށައެޅި އިސްލާހަށް މަޖިލީހުގައި ބަހުސްކުރައްވަމުން ނެވެ. 

ޝަރީފު ވިދާޅުވީ އެ އިސްލާހަކީ ސަރުކާރުން ވަރަށް މާތް މަޤްޞަދެއްގައި ހުށައެޅި އިސްލާހެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރަށް ޝުކުރުދަންނަވާ ކަމަށެވެ. 

އެހެން ނަމަވެސް، އެފަދަ ކޮންމެ މައްސަލައެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްއަށް އެއްޗެހި ކިޔަނީ ސިޔާސީ މަޤްސަދެއް އޮތުމުންކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބީއެމްއެލްއަށް ފާޑުކިޔައި އެ ބޭންކުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާނަމަ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ނުރާނެ ކަމަށެވެ. 

އެގޮތުން އެއީ ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓުވެދާނެ ކަމެއްގެ ގޮތުގައި ޝަރީފު ވަނީ ސިފަކުރައްވާފަ އެވެ. 

"ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނަމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޭންކު، ދިވެހިރާއްޖޭގެ ގައުމީ ބޭންކު ހުށައެޅޭ ކޮންމެ މައްސަލައަކާއި ވިދިގެން މި މަޖިލީސްގެ ތަޅުމުން ނަހަމަ ގޮތުގައި ބޭނުން ހިފައިގެން އެ ބޭންކު ސުންނާފަތިކޮށްލަން މި ކުރާ މަސައްކަތަކީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންވެސް ކަންބޮޑުވާން ޖެހޭ ކަމެއް. އެއީ މި ގައުމުގެ އިޤްތިޞާދު މުޅިން ފުނޑުފުނޑުވެގެން ހިގައިދާނެފަދަ ނުރައްކާތެރި ކަމެއް"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 

އެމެރިކާގެ ދެ ބޭންކަކަށް ދިމާވި ގޮތުގެ މިސާލު ނަންގަވަމުން ޝަރީފު އިތުރަށް ވިދާޅުވީ އެ ބޭންކުތައް ބަނގުރޫޓުވުމުގެ ސަބަބުން އެމެރިކާގެ ފައިސާއަށް އަސަރުކުރުމުގެ ސަބަބުން އެ ގައުމުން އެކަންކަން ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. 

އެހެންކަމުން ރާއްޖޭގެ ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ހުރި ހަމައެކަނި ބޭންކު ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމަކީ ދާދި އަވަހަށް އެ ބޭންކު ބަނގުރޫޓުވާނެ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ރާއްޖެއަށް އަރައިގަންނަންނަން އުދަނގޫ އަނދަވަޅަކަށް ވެއްޓިދާނެކަމަށް ޝަރީފު ވިދާޅުވި އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައި ވީނަމަވެސް، ބީއެމްއެލްގައި ހުންނަ އާންމު އެކައުންޓަކުގެ ފައިސާ ގެއްލޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އާންމު ރައްޔިތުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ނެވެ.

ފައިސާ ގެއްލޭ މައްސަލައިގައި ބޭންކުން އެހީތެރިކަން ފޯރުކޮށްނުދޭތީ އެތައް ބަޔަކު އެވާހަކަތައް ދައްކަމުންދާއިރު، އެފަދަ މައްސަލަތަކުގެ ޒިންމާ ނަގާނެ މުއައްސަސާއެއް ވެސް ނެތުމުގެ ކަންބޮޑުވުން މަޖިލީސް މެމްބަރުންވެސް ފާޅުކުރައްވާފައިވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.