ޝަރީފު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 23:22
ދައުލަތުގެ ވަސީލަތްތައް ރައީސް ޞާލިހު ނަހަމަގޮތުގައި ބޭނުން ނުކުރާކަން އަޅުގަނޑަށް އެނގޭ: ޝަރީފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދައުލަތުގެ އެއްވެސް ވަޞީލަތެއްގެ ބޭނުން ނަހަމަގޮތުގައި ނުކުރައްވާކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީ އިންތިހާބުތައް އިންސާފުވެރި ކުރުމަށާއި މިނިވަން ކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހި ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައެޅުއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝަރީފުު ވިދާޅުވިގޮތުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ މަޝްރޫޢުތައް މޮނިޓާކުރެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވާ ދަތުރުފުޅުތަކުގެ އޮފްކަން ކަނޑުވާލުމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ ފިތުނަވެރިކުރުމަށް ދައްކާ ވާހަކަތަކެކެވެ. 

ދައުލަތުގެ އެއްވެސް ވަސީލަތެއްގެ ބޭނުން ނަހަމަގޮތުގައި ރައީސް ޞާލިހު ނުކުރައްވާކަމަށް ހެކިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެކަން އިދިކޮޅު ފަރާތްތަކަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޞާލިހުގެ ދަތުރުފުޅުތަކާއި ގުޅިގެން އިދިކޮޅުން ދައްކާ ވާހަކަތަކަކީ ސިޔާސީ އުކުޅެއްގެ ގޮތުގައި ޝަރީފު ސިފަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ ދަތުރުފުޅުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައުލަތުގެ ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރާކަމަށް ވާހަކަދައްކަވަނީ ސިޔާސީ ހަސަދަވެރިކަން އޮތުމުން ކަމަށެވެ.

ވަކިން ޚާއްސަކޮށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކީ ހަގީގަތާއި ޚިލާފު ހަސަދަވެރި ވާހަކަތަކެއްކަމަށް ޝަރީފު ވިދާޅުވި އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، އިންތިޚާބުތަކުގައި ރައީސް ޞާލިހު ކުރައްވާ ރަސްމީ ނުރަސްމީ ދަތުރުތައް ޤާނޫނެއްގެ ތެރެއިން ވަކިކުރަން ޖެހޭކަމަށް މަޖިލީހުގައި ނަޝީދަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިޚާބުތަކާއި ދިމާކޮށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މަޖިލީހުން މަސައްކަތްކުރުމަށް ވެސް ބައެއް މެމްބަރުން ގޮވާލެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.