ޝަރީފު މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
05 Mar 2023 | 10:07
އިންފްލޭޝަން މައްޗަށް ދާއިރު މުސާރަ ބޮޑުކުރުމަކީ ރަނގަޅު ފިޔަވަޅެއް: ޝަރީފު

އިންފްލޭޝަން މައްޗަށްދާ ދުވަސްވަރެއްގައި މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް ރަނގަޅަށް އެޅުއްވި ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ސަރުކާރުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މުސާރަ ބޮޑުކުރަން ނިންމި ނިންމުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ޓްވީޓާގައި ރައްދުދެއްވަމުން ނެވެ. 

ޝަރީފު ވިދާޅުވީ ފަޑުކިޔާ ފަރާތްތަކަށް ކަމުދާ އެއްގޮތެއްވެސް ނޯންނަ ކަމަށެވެ. އެގޮތުން މުސާރަ ބޮޑު ނުކޮށްގެން މީގެ ކުރިން ފާޑުކިޔަމުންދިޔަ ފަރާތްތައް މިހާރު ފާޑުކިޔަނީ މުސާރަ ބޮޑުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު ޝަރީފު ވިދާޅުވީ އިންފްލޭޝަން މައްޗަށްދާ މި ދުވަސްވަރާއި ދިމާކޮށް މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅަކީ އަދި އެފަދައިން ނިންމެވުމަކީ ރައީސް ޞާލިހު ވަރަށް ރަނގަޅަށް ނިންމެވި ނިންމެވުމެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ. 

"މުސާރަ ބޮޑުކުރިޔަސް ކަމަކު ނުދޭ. އޮތްވަރަށް ބޭއްވިޔަސް ކަމަކު ނުދޭ. ޝަކުވާއަށް ހުއްޓުމެއް ނެތް. އެހެންވިޔަސް އިންފްލޭޝަން މައްޗަށްދާ ޒަމާނެއްގައި މުސާރަ ބޮޑުކުރުން އެއީ ރައީސް ޞާލިހު ރަނގަޅަށް އެޅުއްވި ރަނގަޅު ފިޔަވަޅެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު

އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ މުސާރަ ބޮޑުކުރަން ނިންމުމާއި ގުޅިގެން އިދިކޮޅުންވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. 

އެގޮތުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންފްލޭޝަން މަތިވެގެން ދިޔައީ ދެ ފަހަރު މަތިން ދިވެހި ފައިސާ ޗާޕުކޮށް އިގްތިޞާދަށް ނެރުމުން ކަމަށެވެ.

ނިމިދިޔަ ޑިސެމްބަރު މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ ދިވެހި ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ސަރުކާރަށް އަންގާފަ އެވެ. 

އައިއެމްއެފްގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއެކު ހަދަންޖެހޭ އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމައި އެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި އައިއެމްއެފް އިން ވަނީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށާއި، ފައިސާގެ އަގު ދަށްވެ ނުދީ ހިފެހެއްޓުމަށް ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާ ނުލައިފިނަމަ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ހަކަތައިގެ އަގުތަކާއި، ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިިޔުމާއި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއެކު ޚަރަދުކުރުންތައް އިތުރުވާނެތީ، އިންފްލޭޝަން ރޭޓު 4.9 އިންސައްތައަށް އަރާނެ ކަމަށް އައި.އެމް.އެފްއިން ލަފާކޮށްފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.