މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/އެމްޑީޕީ
ހަބަރު
09 Mar 2023 | 16:41
"އިންތިހާބަށް ކުރިމަތިލާނެ ކަމަށް ބުނާ މީހުންގެ ތެރޭގައި ރައީސް ޞާލިހު ބަލިކުރެވޭނީ މީހެއް އަދި ނެތް"

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަމަށް އަޑު އަރާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބަލިކޮށްލެވޭނެ ފަދަ ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އަކީ ސިލްސިލާ ކޮށް ކޮންމެ ދުވަހަކު ރައީސް ޞާލިހަށް ތައުރީފް ކުރައްވައި، އެމަނިކުފާނާއި ދެކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ޓުވީޓް ކުރައްވާ ބޭފުޅެކެވެ. 

އެގޮތުގެ މަތިން އޭނާ މިއަދު ކުރައްވާފައިވާ ޓުވީޓުތަކެއްގަައި ވިދާޅުވީ، ރައީސް ސާލިހަކީ ކޮވިޑްގެ ދަތި އުނދަގޫކަމުން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސްދެއްވި މަޑުމައިތިރި ހިކުމަތްތެރި ލީޑަރެއްކަމަށެވެ. 

"މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަމަށް އަޑު އަރާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ސާލިހު ބަލިކޮށްލެވޭނެ ފަދަ ބޭފުޅެއް އަދި ފެންނާކަށްނެތް." ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ, ކޮވިޑުގެ ހާލަތުން އެހެން ގައުމުތައް އަރައިގަންނަން ފެށީ އަދިކިރިޔާ ކަމަށެވެ. އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، ރާއްޖޭގެ އިގްތިސާދު ކުރިއަށް ދަނީ ވިސްނުންތެރިކަމާއެކު ކުރިއަށް ގެންދާ ސިޔާސަަތުތަކެއް އޮވެގެން ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ ރާއްޖެއަކީ އެންމެ ބާރަށް ކުރިއަރަމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނިގެންދިޔައީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރެވެމުންދާތީކަމަށެވެ. އަދި އެ ސިޔާސަތުތަކާއި ދެކޮޅު، ގައުމު ބަނގުރޫޓުވަމުންދާކަމަށް ވިދާޅުވާ ބޭފުޅުންގެ އަތް މައްޗަށް ވެރިކަމުގެ ބާރު ގޮސްފި ހާލަތެއްގައި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.