މެމްބަރު ޝަރީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
01 Mar 2023 | 11:40
ޤައުމުގެ ސްޓްރެޓެޖިކް އެސެޓު ވިއްކުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުން: ޝަރީފު

ޤައުމެއްގައި ހުންނަ ސްޓްރެޓެޖިކް އެސެޓު ވިއްކުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުމާއި އެއްފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

މަވޯޓާ އެފަދައިން ވިދާޅުވެފައިވަނީ ސްޓްރެޓެޖިކް ޕާޓްނަޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވެޓައިޒް ކުރުމަށް އެދި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައެޅުއްވި ޤަރާރަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ނެވެ. 

ޝަރީފު ވިދާޅުވީ އައްޑޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއްކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އެހެން ނަމަވެސް، އެކަން ކުރަން އޮތް ގޮތަކީ އައްޑޫ އެއާޕޯޓާއި ޕޯޓު ޕްރައިވެޓު ކުންފުންޏަކަށް ވިއްކާލުން ކަމަށް ވާނަމަ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރުވެސް އެ ތަންތަން ހިންގަމުންދަނީ ގެއްލުމުގައި ކަމަށް ޤަރާރު ހުށައެޅުއްވި މެމްބަރުވެސް ވިދާޅުވާއިރު، ގެއްލުމުގައި ހިނގާ ކުންފުންޏެއް ގަންނަން ޖެހޭ ސަބަބެއްވެސް ނެތްކަމަށް ޝަރީފު ވިދާޅުވި އެވެ. 

"ޤައުމެއްގެ ހުންނާނެ ސްޓްރެޓެޖިކް އެސެޓު. އެ ސްޓްރެޓެޖިކް އެސެޓު ވިއްކާލުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުން ކަހަލަ ކަމެއް. މީ ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް. ފައިދާ ނުވާތީ އައްޑޫ ހޮސްޕިޓަލު ވިއްކާލުން، ފައިދާ ނުވާތީ އައިޖީއެމްއެޗް ވިއްކާލުން، މީ ދިވެހިރާއްޖެ ދައުލަތެއްގެ ގޮތުގައި އޮންނައިރު ކޮށްގެންވާނެ ކަންކަމެއް ނޫން"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ)

ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ދޭ ކޮންމެ ޚިދުމަތަކީ ވިޔަފާރީގެ އުސޫލުން ފައިދާ ލިބޭ ޚިދުމަތަކަށް ހަދައިގެން ނުވާނެ ކަމަށެވެ.  ރައްޔިތުންނަށް ޚިދުމަތް ދޭން ޖެހޭނީ ދައުލަތުގެ ގާބިލުކަން ހުންނަ ވަރަކުން ކަމަށް ޝަރީފު ވިދާޅުވި އެވެ. 

ޝަރީފު އިތުރަށް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ޕްރައިވެޓައިޒް ކޮށްގެން އެއާޕޯޓުތައް ހިންގަމުންދާ ކަމަށެވެ. އަދި އެ ތަންތަނުގެ ހާލު އައްޑޫ ސިޓީ އެއާޕޯޓުގެ މިހާރުގެ ހާލަތަަށްވުރެ ދަށްކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.