މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ފޮޓޯ/މަޖިލިސް)
ހަބަރު
19 Feb 2023 | 13:44
ރައީސް ޞާލިހަށް ޓިކެޓު އެރުވި ޖަލްސާއަށް ރައީސް ނަޝީދު ވަޑައިނުގަތުމަކީ ހުތުރު އަމަލެއް: ޝަރީފު

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާއަށް، ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެންނެވުމަކީ ހުތުރު ޢަމަލެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާ އަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންނާއި ލީޑާޝިޕުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ވަޑައިނުގަންނަވަ އެވެ.

އެކަމާ ގުޅިގެން މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިމަކްރަސީގެ ރީތި ހަމަތައް ގަބޫލުކުރާ ކޮންމެ މީހަކުވެސް އިންތިހާބެއްގައި ބަލިވެއްޖެ ނަމަ ބަލި ގަބޫލުކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް މަގާމުގައި ހުންނަވައިގެން ރައީސް ސޯލިހަށް ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތަށް ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ވާދަކުރައްވައި 61 ޕަސެންޓު ވޯޓުން ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ރައީސް ނަޝީދު ވިދާޅުވަމުން އަންނަނީ އެ އިންތިހާބު ބާއްވާފައި ވަނީ އެމްޑީޕީގެ 39,000 މެންބަރުން ޕާޓީން ވަކިކުރުމަށް ފަހުގައި ކަމަށެވެ. 

އަދި، ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެ ކަން ހާމަކުރައްވައި، އެމަނިކުފާނު އަންނަނީ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ގޮފި އުފައްދަވައި އެ ހަރަކާތަށް މެންބަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.