ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)-- ފޮޓޯ/ މަޖިލިސް
ހަބަރު
27 Feb 2023 | 13:37
ބެންކް އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަ ކަމުން: ޝަރީފް

ބެންކް އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަ ކަމުން ކަމަށާއި މިކަމުގައި ބޭންކްގެ މައްސަލަ އެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖްލީހުގައި ފަހަކަށް ައިސް ބޭންކް އޮފް މޯލްޑިވްސް ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ފެންމަތިވަމުން ދިޔުމާއި ގުޅީގެން ކުއްލި މައްސަލަވަނީ ހުށަހަޅާފައެވެ.

މިކަމަށް ބަހުސް ކުރަމުން ޝަރީފް ވިދާޅުވެފައިވަނީ އެއްވެސް ޒިންމާދާރު ކަމެއްނެތި މަޖްލީހުގެ މެމްބަރުން މި މައްސަލަ ސިޔާސީ ކޮށްގެން ވާހަކަ ދައްކާކަމާއި ދޭތެރޭ އޭނާ ކަންބޮޑުވެ ހިތާމަ ކުރާކަމަށެވެ.

ބެންކަކީ އެތައް ލައްކަ ކަސްޓާމަރުންނެއް އެތައް ލައްކަ އެކައުންޓެއް އޮތް ތަނެއް ކަމަށް ފާހަގަކޮށް ފުޅާ ވަމުންދާ އިންޓަނެޓް ގެ ޒަރިއްޔާއިން ބޭންކް ކުރުމުގައި ފައިސާތަކެއް ގެއްލޭ ކަން ޔަގީންކަމާއިއެކު ގަބޫލްކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް ބޭންކްގެ އިތުބާރު ގެއްލި ބޭންކުން މި މައްސަލައާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާ ކަންވެސް ސިޔާސީ ކޮށްގެން ވާހަކަ ދައްކާކަމީ ވަރަށް ހިތާމް ހުރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ބޭންކުން އިތުބާރު ގެއްލުވާލުމަށްް ބަޔަކު ހިންގާ ސޯސަލް މީޑިއާ ކެމްޕެއިންގެ މި މަޖްލިސް ދަޅާގައި ޖެހިގެން، މި ސިޔާސީ ގޮތުން ތިމަންމެންނަށްް ފަހި ފުރުސަތެއް ކަމަށް ދެކިގެން، ބޭންކްގެ އިތުބާރު ނަގާލަން ކުރެވޭ މި މަސައްކަތުގައި އިއްޒަތްތެރި މެމްބަރުން ބައިވެރި ވާކަން އަޅުގަނޑު ކުށްވެރި ކުރަން." ޝަރީފް ވިދާޅުވިއެވެ.

މިގޮތަށް މިކަން ކޮށްފިނަމަ މުޅި ރާއްޖޭގެ އިގްތިޞާދު ސުންނާފަތިވެ ހަލާކު ވެދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ދިވެހި ރާއްޖޭގަ އޮތް ރައްޔިތުންގެ ބެންކް ބަނގުރޫޓުވެ މި ގައުމު އިނދަޖެހުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިކަމުގެ މިސާލު ދުނިޔޭގެ އެތައް ބެންކުގެ ތާރީހުން ފެންނަން ހުރި ކަމަށް ޝަރީފް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޝަރީފް ވަނީ ކޮވިޑްގެ ދުވަސްވަރުގެ ތެރޭގައި އަދި އޭގެ ފަހުންވެސް އޭނާގެ ފިހާރަ އަށް އައި ކަސްޓަމަރުން ވަރަށް ގިނަ ސްކޭމްކޮށްގެން ފިހާރައަށް ވަރަށް ގިނަ ލާރި ގެއްލިފައިވާކަމަށް ކިޔާދީފައެވެ. އަދި މިކަން ހިނގައިފާވަނީ ބަލަން ޖެހޭ ވަރަށް ސްކޭމަރުންނަށް ނުބަލާތީއާއި މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ކަމަށް ވަތީ އެކަމުގައި ގެއްލުނު ފައިސާ ހޯދަން ޝަރީފް ބެންކަށް ނުދާ ކަމަށެވެ.

"އެކިފާޑުފާޑުގެ ކޮންޕްރޮމައިޒް ސައިޓްތަކަށް އެކައުންޓް ކޮންޕްރޮމައިޒްވާ ގޮތަށް ބައެއް މީހުން ވަދެގެން އެތަންތަނުން ފައިސާ ކެނޑީމާ އެދިމާވާ މައްސަލައަކީ މުޅި އެކުން ބެންކުގެ ޒިންމާއެއްނޫން. އަޅުގަނޑުމެންގެ ކަސްޓަމަރުންވެސް އެބަ ޖެހޭ އަޅުގަނޑުމެންގެ ފައިސާއަށް ރައްކާތެރިވާން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ބެންކް ހުޅުވާ ފެށުނީއްސުރެ މިއަދާއި ހަމައަށް ބެންކްކޮށް އަދި ހަ އެކައުންޓަށްވުރެ ގިނަ އެކައުންޓް އޮތް އިރުވެސް އޭނާގެ އެކައުންޓަކުން ބައި ރުފިޔާ ވެސް ނުގެއްލޭކަމަށް ފާހަގަ ކޮށްފައެވެ.

"އެއީ ކީއްވެގެންތޯ؟ އެ ނުގެއްލެނީ އަޅުގަނޑު ހިިންގާ މުއާމަލާތްތަކުގައި ސެކުއާ ސައިޓްއަކަށް ނޫނީ ޕޭ ނުކުރަން. އަޅުގަނޑުގެ ނަމްބަރު ބާޒާރަށް އުކައެއް ނުލަން. އަޅުގަނޑު އެކި ތަފާތު ކޮންޕްރޮމައިޒް އެކައުންޓަކަށް ނުވަންނަން. ޕޭ ނުކުރަން. ސެކުއާ ސައިޓްއަކުން ނޫނީ އަޅުގަނޑު ބައިނަލްއަގުވާމީ ވިޔަފާރި އެއް ނުކުރަން." ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމާ އެކަންކަމަށް ކަސްޓަމަރުން އެބަ ޖެހެ ސަމާލު ވާން. ހަގީގަތުގައި މިކަން ރަނގަޅަށް ބަލާފިއްޔާ މިއިން ކޮންމެ ފައިސާ އެއްވެސް ގެއްލިފަ މިހުންނަނީ ކަސްޓަމަރުގެ ފަރުވާ ކުޑަ ކަމުން. މިއީ ހަގީގަތް. ނޭނގި ނަމަވެސް އިނގިގެން ނަމަވެސް." ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
ޖާބެ
މީނަ މިއީ ނުބައިނުލަފާކަން ހައްދުފަހަނައަޅާފަ ހުރިމީހެއް މީނަޔައް ވޯޓުދިންމީހުން ލަދުގަންނަންޖެހޭ
27 Feb 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ