ޝަރީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
28 Feb 2023 | 22:20
އެމްއާރުއެމް އާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވާނެ ފައިދާއެއް ނެތް: ޝަރީފު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރުއެމް އާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

މަވޯޓާ މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ފަޅި ބޮޑުކުރަން ސިޔާސީ ޕާޓީތަކުން ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން މަވޯޓާ ވިދާޅުވީ، އެމްއާރުއެމް އާއެކު އެމްޑީޕީ ކޯލިޝަން ހެދުމަކީ ޕާޓީއަށް މާބޮޑު ފައިދާއެއް ކުރާނެކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެފަދަ ކޯލިޝަނުން ފައިދާ ވާނީ އެމްއާރުއެމަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެމްއާރުއެމާއެކު ކޯލިޝަން ހެދުމަށްވުރެ އަދާލަތާއި އެމްޑީއޭގެ ކޯލިޝަންވެސް އެމްޑީޕީއަށް މާ ފައިދާ ބޮޑުވާނެ ކަމަށެވެ. 

އެހެން ނަމަވެސް، މި ދަނޑިވަޅުގައި ބަލަންވީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދޭނެ ގޮތެއް ކަމަށާއި، އެފަދަ ކޯލިޝަނަކުން އެމްޑީޕީއަށް މާބޮޑަށް ފައިދާ ކުރާނެކަމަށް މަވޯޓާ ވިދާޅުވި އެވެ. 

"އެމްއާރުއެމްއަށް ވުރެ އަދާލަތާއި އެމްޑީއޭވެސް މާ ބޮޑު، ހަގީގަތުގައި އެމްއާރުއެމް އާއެކު ކޯލިޝަނެއް ނެހެދިޔަސް އެމްޑީޕީއަށް ވާނެ މާބޮޑު ކަމެއް ނެތް. ޖޭޕީ އާއެކު ކޯލިޝަން ހެދޭތޯ އެކަން ވާނެ ފުރުސަތު އޮތިއްޔާ އުޅެން ވެސް މާ ރަނގަޅު"

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ)

އެމްއާރުއެމްއަށް 3000 މެމްބަރުން ހަމަކުރުމަށް އެ ޕާޓީން ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމުތަކެއް ހުށައަޅާފަ އެވެ. އަދަދުން ބަލާކަމަށް ވާނަަމަ، ޝަރީފު އެ ވިދާޅުވިގޮތަށް އެމްއާރުއެމްއާއެކު ކޯލިޝަން ހެދުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ. 

އެހެން ނަމަވެސް އެމްއާރުއެމްގެ ލީޑަރަކީ، ކުޅަދާނަ އަދި ހުޝިޔާރު ސިޔާސީ ލީޑަރަކަށް ވުމުން، ސިޔާސީ ގޮތުން އެމްޑީޕީއަށް ކުރިއަށް ދިއުމަށް ލަފާދީ، އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ އުކުޅުތައް ބުނެދީ އޮޅުންފިލުވައިދިނުމަށް އެމްއާރުއެމްގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫނުގެ ތަޖުރިބާ ބޭނުން ކުރެވޭނެކަމަށް ގިނަ ބަޔަކު ބުރަވެއެވެ. 

އެހެންކަމަށްވާނަމަ އެފަދަ ކޯލިޝަނަކުން ކުރާނެ މަންފާތަކެއްވެސް އޮވެދާނެކަމަށް އެ ފަރާތްތައް ވިދާޅުވެއެވެ. 

އަނެއްކޮޅުން ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ އެޕާޓީގެ އަމިއްލަ ކެންޑިޑޭޓެއް ނެރެގެން، ނުވަތަ އެ ޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކުން ރިޔާސީ ރޭހުގައި ވާދަކުރުމަށް ކައުންސިލަށް ލަފާއަރުވާފަ އެވެ.

ޤައުމީ ކޮންފަރެންސްގެ ނިންމުމާއި އެއްގޮތަށް ޕާޓީން ކެންޑިޑޭޓެއް ނެރެން ފާސްވެއްޖެކަމަށް ވާނަމަ ޔަގީނުންވެސް ފުރަތަމަ ބުރުގައި ޖޭޕީން ރައީސް ޞާލިހުގެ ފަހަތްޕުޅަކަށް ނާރާނެ އެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ރައީސް ޞާލިހު ދެވަނަ ރައުންޑަކަށް ދަތުރުކުރުމުގެ ފުރުސަތު ކުޑަކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.