މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް-- ފޮޓޯ/ އެމްޑީޕީ
ހަބަރު
26 Feb 2023 | 13:23
ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓެއް ނެރޭ ހިސާބުން ކޯލިޝަން ރޫޅޭނެ: ޝަރީފު

މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓެއް ނެރޭ ހިސާބުން، މިހާރު އެމްޑީޕީގެ ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅިގެންދާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީން ކެންޑިޑޭޓެއް ނެރެން އެ ޕާޓީގެ ކޮންގްރެސްގައި ހުށަހެޅި ގަރާރު ފާސްވުމާއި ގުޅިގެން އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަބަދުވެސް އޮންނާނީ މައި ދެ ޕާޓީއެއް ކަމަށެވެ.  އެއީ ވެރިކަން ކުރާ ޕާޓީއަކާއި އިދިކޮޅު މައި ޕާޓީކަމަށެވެ. 

"ދެން ތިބޭނީ އެ ދެ ޕާޓީގެ ބައިވެރިން، ކޮންމެވެސް އެއް ސިފައެއްގައި. ޖުމްހޫރީ ޕާޓީވެސް ކޯލިޝަނާއި ވަކި ވެއްޖެނަމަ އެ ޕާޓީވެސް ވެގެންދާނީ އޮޕޮޒިޝަން ކޮމްބިނޭޝަން ތެރޭގައި ހިމެނޭ ޕާޓީއަކަށް" ޝަރީފު ވިދާޅުވިއެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ، ޖޭޕީއިން އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ނިންމާ ހިސާބުން މިހާރު އެމްޑީޕީ އާއި އެކު އޮތް ކޯލިޝަން ނިމުމަކަށް އަންނާނެކަމަށެވެ. އެހެންކަމުން އެންްމެ ރަނގަޅު ގޮތަކީ މިހާރު އޮތް ކޯލިޝަން ދެމެހެއްޓުންކަމަށާ، އެއީ ރައީސް ޞާލިހަށް ތާއިދުކުރާ ފަރާތްތަކުން އެދޭ ގޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

އެހެންނަމަވެސް އެކަން ކުރުމުގެ ހުރިހާ ބާރެއްވެސް އޮތީ ޖޭޕީގެ އަތުގައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސުގައި އެ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމާމެދު ގޮތް ނިންމުމަށް  ޤަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުالله އަހްމަދެވެ. 

މި ގަރާރަށް ވަރަށް ފޯރީގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ބަހުސް ކުރުމަށްފަހު ވޯޓަށް އެހުމުން، ކޮންގްރެސްގައި އެވަގުތު ބައިވެރިވެވަޑައިގެންނެވި 416 މެންބަރުންގެ އިއްތިފާޤުން ގަރާރު ވަނީ ފާސްވެފަ އެވެ. 

ގަރާރު ފާސްވިކަން އިއުލާން ކުރައްވާ ގާސިމް ވިދާޅުވީ އެ ގަރާރަކީ ކޮންމެހެން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް ގަރާރެއް ނޫން ކަމަށެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ މެންބަރުންގެ ވޯޓުން ގަރާރު ފާސްވުމުން، އެ ގަރާރު ޖޭޕީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރިނަމަވެސް، މިއީ އެޕާޓީގެ ކައުންސިލަށް ދިން ލަފައެކެވެ. އެކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދާނީ ކޮންގްރެސް އިން އެކުލަވައިލާ އެޕާޓީގެ އައު ކައުންސިލުންނެވެ.

ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްވެސްމެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އިންތިޚާބުގައި ވާދަކުރަން ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށްވެސް ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.