މަރަދޫ ދާއިރާގެ މެމެބަރ އިބްރާހިމް ޝަރީފް
ހަބަރު
13 Mar 2023 | 15:04
އިދިކޮޅުގެ އަމާޒަކީ ތިމާމެން ވެރިކަން ނުކުރާނަމަ ޤައުމު ފަނާކޮށްލުން: ޝަރީފް

އިދިކޮޅު ގެ އަމާޒަކީ ތިމާމެން ނޫން އެހެން ބަޔަކު ވެރިކަމުގައި ތިބިއްޔާ ޤައުމު ފަނާކޮށްލަން މަސައްކަތް ކުރުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު  އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވެފައިވަނީ ބިނާ ކުރުވަނިވި ފާޑުކިޔުމަށް މަރުހަބާ ކިޔަން ވާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމާއި ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އިދިކޮޅުން ކުރާ ކަމަކީ ކަމެއް ރަނގަޅު ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ. އަދި އެއީ ތަން ފަސާދަ ކުރަން ހިންގާ ހަރަކާތް ތަކެއް ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރުމާއި ޤައުމު ބައި ބައި ކުރުމަށް ހިންގޭ ހަރަކާތްތަކަކީ ކަންކަން އިސްލާހު ކުރުމުގެ ނިޔަތެއެއް އޮވެގެން ކުރާ ކަންކަމެއް ނޫން ކަމަށެވެ.

"އިދިކޮޅުގެ އަމާޒަކަށް ވެފަ މިހާރު މިއޮތީ ތިމާމެން ނޫން ބަޔަކު ވެރިކަމުގައި ތިބިއްޔާ ޤައުމު ފަނާ ކޮށްލެވޭތޯ އުޅުން" ޝަރީފް ވިދާޅުވިއެވެ.

މި ދުވަސް ވަރަކީ ރިޔާސީ އިންތިޚާބު ގާތްވަމުންދާ ދުވަސް ވަރު ކަމުން ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ރައްދުކޮށް މިފަދަ ބަސްތައް ބުނުން ގިނަވެފައިވެއެވެ. އިންތިޚާބު ގާތްވަމުން އަންނައިރު ސިޔާސީ މައިދާނުގައި އަންނަނީ ފޯރި ގަދަވަމުންނެވެ.

އެމްޑީޕީ ގެ ފަރާތުން  މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވާދަކުރައްވާއިރު ޢަދާލަތާއި ސަން ސިޔާމްގެ އެމްޑީއޭ އޮތީ ރައީސް ޞާލިޙާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް އަށް ޓިކެޓް ދީފައެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެމަނިކުފާނު މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ޙުކުމެއް ގައި ޖަލުގައި ކަމަވެ. ކޯލިޝަނާއި އެމަނިކުފާނުގެ ވަކީލުން ދަނީ އެމަނިކުފާނު އިންތިޚާބުގެ ކުރިން މިނިވަން ކުރުމަށް އެތައް މަސައްކަތް ތަކެއް ކުރަމުންނެވެ.

ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދް ނާޒިމް (ކާނަލް) އިސްވެ ހުންނަވައި ހިންގަވާ ޕާޓީ އެމްއެންޕީ އިން ކެނޑިޑޭޓެއްގެ ގޮތުގައި މުހައްމަދް ނާޒިމް ނެރުމަށް ވަނީ ނިންމާފައެވެ. ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިޚާބުގައި ކަންކުރާނެ ގޮތެއް އަދި އިޢްލާނު ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް ކުރީގެ ހޯމް މިނިސްޓަރ ކަން ކުރެއްވި ޢުމަރު ނަސީރު ދަނީ ކެމްޕޭނު ކުރައްވަމުންނެވެ. އަދި ކުރީގެ ބަންޑާރަނައިބު މުހައްމަދު މުނައްވަރުވެސް ދަނީ ކެމްޕޭނު ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.