މެމްބަރު ޝަރީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
20 May 2023 | 16:50
މަސްކަނޑު ގެއްލިގެން އިދިކޮޅު މެމްބަރުން ދައްކަނީ ސިޔާސީ ވާހަކަ: ޝަރީފު

ދިވެހިރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލިއްޖެކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ސިޔާސީ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ އިހުމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ފެށުމާއި ގުޅިގެން ފާޑުކިޔުން އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝަރީފު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދަނީ ސިޔާސީ ވާހަކައެއް ކަމަށެވެ. 

ޝަރީފު ވިދާޅުވީ ކަނޑުގެ ސަރަހައްދު ގެއްލުނު ވާހަކަ ދައްކާނަމަ އެންމެ ރަނގަޅީ ރާއްޖޭގެ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ވީ ފަޅިން ގެއްލިގެން ދިޔަ ސަރަހައްދުގެ ވާހަކަ ދެއްކުން ކަމަށެވެ.

އެ ވާހަކަ ނުދައްކާ ހަމައެކަނި ފޯޅަވައްސާއި ދިމާލުން ގެއްލުނު ބައިގެ ވާހަކަ ދެއްކުމަކީ އިދިކޮޅު ފަރާތްތައް ކަނޑުގެ ސަރަހައްދު ސިޔާސީކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މަސް ކަނޑުން ބައެއް ގެއްލިއްޖެއޭ ކިޔައިގެން ދައްކާ ވާހަކައަކީ ސިޔާސީ ވާހަކައެއް. އެހެން ނޫން ރާއްޖޭގެ އުތުރުން ވެސް (އިންޑިއާއާއި ސްރީލަންކާ އާއި ވީ ފަޅިން) މަސްކަނޑު ގެއްލިފައިވާ ވާހަކަ ދައްކަން ވާނެ"

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު 

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭގޮތަށް އުފައްދާފައިވާ "ކަނޑު ވިއްކާލުމާއި ދެކޮޅު" ކޯލިޝަނުން ގެންދަނީ ކަނޑު ވިއްކާލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. 

އެ މައްސަލައާއި ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ މައްސަލަވެސް ވަނީ ހުށައަޅާފަ އެވެ. 

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވައްދާނެކަމަށް "ކަނޑު ވިއްކާލުމާއި ދެކޮޅަށް" މަސައްކަތް ކުރާ ކޯލިޝަނުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
އެހެންދޯ
ތީ މިހާރު އެސްޕަޔާވެފަ ހުރި މީހެއް
21 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.