ރައީސް ޔާމިނާއި ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ދިޔަރެސް
ހަބަރު
22 Apr 2023 | 19:19
ރައީސް ޔާމީންގެ ކެންޑިޑެންސީއާއި މެދު އީސީން ގޮތެއް ނުނިންމައިގެން ޝަރީފު ކަންބޮޑުވެއްޖެ

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެންސީއާއި މެދު އިލެކްޝަން ކޮމިޝަނުން ގޮތެއް ނިންމާދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފު (މަވޯޓާ) އެދިވަޑައިގަންނަވައިފި އެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ އިސްތިއުނާފު ކުރިއަށް ދާ ޙާލަތުގައި އެފަދަ ފަރާތަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެކަން ނުވަތަ ނޫންކަން އީސީން ކަނޑައަޅަން ޖެހޭ ކަމަށެވެ. 

ޝަރީފު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު މިވަތުގު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ވަޑައިގަނަންވާއިރު އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގައި ނިހާއީ ހުކުމަކަށް އަދި ނުދާ ކަމަށެވެ. 

އެ ހާލަތުގައި ރައީސް ޔާމިންގެ ކެންޑިޑެންސީއާއި މެދު އީސީން ވަރަށް އަވަހަށް ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ޝަރީފު ވިދާޅުވި އެވެ. ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަން ނުވަތަ ނޫންކަން ވަރަށް އަވަސް އީސީން ކަނޑައަޅާދިނުމަށް ޝަރީފު ވަނީ ގޮވާލައްވާފަ އެވެ. 

ޝަރީފުގެ އެ ޓްވީޓުގައި ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުވެސް ޓެގު ކުރައްވާފަ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ ކެންޑިޑޭޓެއްކަމަށް އީސީން ކަނޑައަޅާނީ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ އެ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައަޅާ ހިސާބުންނެވެ. އަދި މިހާތަނަށް އެ އިންތިޚާބަށް ރަސްމީކޮށް ހުޅުވާލާފަ އެއް ނުވެއެވެ. 

އިންތިޚާބުގައި ވާދަކުރައްވާނެކަން ސިޔާސީ ޕާޓީތަކުން ކަނޑައެޅިނަމަވެސް އީސީއަށް ފޯމު ހުށައަޅާ، ފޯމުތައް ބަލައިގަތުމުގެ ކުރިން އެއީ ރިޔާސީ ކެންޑިޑޭޓެއްކަމަށް އީސީއިން ރަސްމީކޮށް ބަލައެއް ނުގަންނާނެ އެވެ. 

އޭގެ އިތުރުން ރައީސް ޔާމިނުގެ މައްޗަށް ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޮންނާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.