މެމްބަރު ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
02 May 2023 | 17:53
އެމްއާރުއެމުން ސަރުކާރު ކޯލިޝަންގައި އޮވެގެން ކުރަނީ ޖެއްސުން: ޝަރީފް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމެންޓު(އެމްއާރުއެމް) ސަރުކާރު ކޯލިޝަންގައި އޮވެގެން ކުރަނީ ޖެއްސުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އެމްއާރުއެމާ އެއްކޮށް މަޝްވަރާތަކެއް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޝަރީފު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ހިއްސާދާރެއްގެ ގޮތުގައި އެމްއާރުއެމް މިހާތަނަށް ދެމިއޮތީ ވަކި ބޭނުމެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އޮވެގެން އެމްއާރުއެމުން ގެންދަނީ ސަރުކާރަށް ޖެއްސުން ކުރަމުން ކަމަށާއި، އަދި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު ޝަރީފު ވަނީ އެމްއާރުއެމްގެ ސްލޮޓުތަކުގައި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ތިބި ފަރާތްތައް ސަރުކާރުން ބޭރުކުރުމަށް ގޮވާލައްވާފަ އެވެ. 

"އެމްއާރުއެމް ކޯލިޝަން އެމްޑީޕީއާއެކު އޮތީ ވަކި ބޭނުމަކު. ސަރުކާރުގައި ތިބެގެން ކުރަނީ ސަރުކާރަށް ޖެއްސުން. ސިޔާސީ މަޤާމުތަކުގައި ތިބި އެމްއާރުއެމްގެ ވަކި ކޯލިޝަނުން އެމްއާރުއެމް ބޭރުކޮށްލަން ގޮވާލަން"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް 

ޝަރީފު ވަނީ މީގެ ކުރިންވެސް އެމްއާރުއެމްއަށް ނިސްބަތްކޮށް މިފަދަ މޭރުމުން ވާހަކަދައްކަވާފަ އެވެ.

އެގޮތުން އޭރު ޝަރީފު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ނުކުރާކަމަށް ވާނަމަ އަވަހަށް އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް އެ ޕާޓީއަށް ގޮވާލައްވާފަ އެވެ.

އަދި ޝަރީފު ވިދާޅުވީ ރައީސް ޞާލިހާއެކު ކޯލިޝަން ހެދިކަމުގައި ވިޔަސް ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިޝް މައުމޫނަށް ނައިބުރައީސްކަން ދޭނެކަމަށް އެ ޕާޓީން ދެކިގެން ނުވާނެ ކަމަށެވެ. 

އެމްޑީޕީގެ ބައެއް މެމްބަރުން އެމްއާރުއެމަށް ފާޑުކިޔުން އަމާޒުކުރަމުން ދިޔަ ނަމަވެސް މިހާތަނަށް ރަސްމީކޮށް އެމްއާރުއެމުން ކޯލިޝަން ރޫޅާލާފައެއް ނުވެއެވެ. އަދި މިހާރު ދެ ޕާޓީގެ ދެމެދުގައި ފަށާފައިވާ ބައްދަލުވުންތަކުގައި ވަނީ ދެ ފަރާތައް އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން ދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓާނެ ގޮތާއި ގުޅިގެންވެސް މަޝްވަރާތައް ފަށާފައެވެ. 

އޭގެ އިތުރުން ގައުމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަތަކާއި ގުޅިގެންވެސް ދެ ޕާޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ