މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓް)-- ފޮޓޯ/ މަޖިލިސް
ހަބަރު
18 May 2023 | 11:14
ފެނަކަ އަކީ ރާއްޖޭގެ ރަށްތަކަށް، 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ކަށަވަރުކޮށްދިން ހަމައެކަނި ކުންފުނި: ޝަރީފު

ފެކަން ކޯޕަރޭޝަން އަކީ ދިވެހިރާއްޖޭގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނި ކަމަށާ، އެކުންފުނި ސުންނާފަތި ކޮށްލިއަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓް) ވިދާޅުވެއްޖެއެވެ. 

މަވޯޓާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސް ކުރުމަށާއި، ފެނަކައިގެ ފައިނޭންސް އަދި މެނޭޖުމަންޓު އޮޑިޓެއް ހެދުމަށާއި ދަރަނި އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ. 

އެގޮތުން ވާހަކަ ދައްކަވަމުން މަވޯޓާ ވިދާޅުވީ، އަމިއްލަ ގޭގޭގެ ބަދިގޭގައި ކައްކާނީ ކޮންކަހަލަ ރިހައެއްތޯ ކަނޑައަޅާ ތަނަކަށް ރައްޔިތުންގެ މަޖިލީސް ވެއްޖެކަމަށެވެ. 

މަވޯޓާ ވިދާޅުވީ އެ ގަރާރަކީ ރާއްޖޭގެ އަތޮޅު ތަކުގެ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނި ސުންނާފަތި ކޮށްލުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އަދި ގަރާރުގެ ބޭނުމަކީ ބިރު ދައްކައިގެން އެ ކުންފުނި ބަނގުރޫޓް ކޮށްލުން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.  

މިއާއެކު މަވޯޓާ ވިދާޅުވީ ފާއިތުވެގެން ދިޔައީ ދަތި 4 އަހަރު ކަމަށާ، 2020 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހުން ކުރަމުން ދިޔަ މަސައްކަތަކީ ދިވެހިރާއްޖެ ބަނގުރޫޓް ކޮށްލުން ކަމަށެވެ. އެހެންނަމަވެސް، އެކަން ކާމިޔާބު ނުވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއަދު ފެންނަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ކުންފުނިތައް ބަނގުރޫޓް ކޮށްލުމަށް ކުރަމުންދާ ބިރުވެތި، ނުރައްކާތެރި އަދި މަކަރުވެރި މަސައްކަތް ކަމަށެވެ. 

މަވޯޓާ ވިދާޅުވީ ފެނަކައަށް ފައިސާ ދައްކާ ގޮތާއި، އެ ކުންފުންޏާއި އެހެން ފަރާތްތަކާއި މެދު އޮންނަ ގުޅުމަކީ ރައްޔިތުންގެ މަޖިލީހުން "އަތް ބާނަން" ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި، އެއީ ފައިދާއަށް ހިންގާ ކުންފުންޏެއް ނޫން ކަމަށާ އެހެނެއް ކަމަކު ރައްޔިތުންނަށް ޚިދުމަތް ކޮށްދޭ ވިޔަފާރި ކުންފުންޏެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކިތަންމެ ތެލުގެ އަގު ބޮޑު ވިޔަސް، ކިތަންމެ އިންޖީނެއް ގެންނަން ޖެހޭ ޚަރަދު ބޮޑުވިޔަސް، ކިތަންމެ ކޭބަލެއްގެ އަގު ބޮޑުވިޔަސް، އެއަށް ކުރަންޖެހޭ ޚަރަދު ބޮޑުވިޔަސް، ރައްޔިތުންނަށް ކަރަންޓް ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ފެނަކައިން ވަނީ އަޅާފައި. އަޅަމުން އަދިވެސް ގެންދާނީ. އަޅުގަނޑުމެން ނުދޭނަން ފުރުސަތެއް ފެނަކަ ބަނގުރޫޓް ކޮށްލާކަށް. އަޅުގަނޑުމެން ނުދޭނަން ރައްޖެއަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް މެދު ކެނޑުނަކަ. އަޅުގަނޑުމެން ނުދޭނަން ފެނަކައިގެ އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލުނަކަ. 

ހީފުޅު ކޮށްގެން ނުވާނެ ވަލު ދޮރާށިން ވައްދައިގެން މި ގައުމުގައި އޮތް އެންމެ ބޮޑު، ޔުޓިލިޓީ ކުންފުނި، ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދޭ ކުންފުނި. ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ކަށަވަރުކޮށްދިން ހަމައެކަނި ކުންފުނި ބަނގުރޫޓް ކޮށްލާނަމޭ ހިތާ، މިތަނަށް މައްސަލަ ހުށަހަޅައިގެން އެކަންކަން ކުރެވިދާނެ. 

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)

ޝަރީފް ވިދާޅުވީ، ސަރުކާރަށްވެސް ފައިސާގެ ދަތިތައް ހުރި ކަމަށާ، އަދި ދަރަނިވެސް ބޮޑު ކަމަށެވެ. އެހެންކަމުން ކުންފުނިތަކަށްވެސް އެ ދަތި އޮތް ކަމަށާ، އެ މައްސަލަ އަކީ އެ ކުންފުނީގެ މެނޭޖްމަންޓުން އެހެން ފަރާތްތަކާއި ގުޅިގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަންކަމަށް ރިޢާޔަތް ނުކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނި ބަނގުރޫޓް ކޮށްލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާ، އެގޮތަށް އެކަން ވިޔަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ