މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް)-- ފޮޓޯ/ މަޖިލިސް
ހަބަރު
19 Apr 2023 | 12:00
ރިސޯޓްތަކުގެ އިސް މަގާމުތަކަށް ދިވެހިން ނަގަން ހުށަހެޅުމުން ޝަރީފްގެ ނުރުހުން: ކިހިނެއްތޯ ރިސޯޓް ހިންގާނީ؟

ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ތިބި ބިދޭސީން އެ މަގާމުތަކުން ވަކިކޮށް، ފޮނުވާލުމަށްފަހު، އެ މަގާމުތަކަށް ދިވެހިން ހަމަޖެއްސުމަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ނުރުހުން ފާޅުކުރައްވައިފިއެވެ. 

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ހުށަހަޅުއްވާ ފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓު މެނޭޖަރުކަމާއި، އެޗްއާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަކީ ހަމައެކަނި ދިވެހިންނަށް އަދާ ކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގަރާރަށް ބަހުސް ކުރައްވަމުން މަވޯޓާ ވަނީ އެ ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ގަރާރަކީ ބަލާލާއިރު، ވަރަށް ޕޮޕިއުލިސްޓް، ވަރަށް މީހުން ރުހޭ ގަރާރެއް. އިއްޒަތްތެރި ރައީސް. ދިވެހިރާއްޖެގައި އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ދެ ސުވާލެއް. ބައިނަލްއަގުވާމީ މަތީ ހޮޓާ ޗެއިން ރާއްޖެއަށް ގެނެސްގެން، އެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ރާއްޖެއަށް ދޭނީތޯ؟ ނޫނީ ގެސްޓްހައުސް ފެންވަރަށް ރާއްޖޭގައި ހުރި 5ސްޓާ ހޮޓެލުތަކުގެ ފެންވަރު ވައްޓާލާނީތޯ؟ މިއީ ސުވާލެއް. މިހާރު 500 ޑޮލަރު 1000 ޑޮލަރު 2000 ޑޮލަރަށް ވިއްކާ ބެޑެއް، 150 ޑޮލަރަށް އަގު ވައްޓާލާނީތޯ؟ 

މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް)

މިއާއެކު ޝަރީފް ވިދާޅުވީ، ދިވެހިރާއްޖެގެ ހުރިހާ ވަޒީފާއަކަށް ދިވެހިން ލުމަކީ އޭނާ ވެސް ވަރަށް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. 

އެހެންނަމަވެސް، ދުނިޔޭގެ އެއްވެސް ތަނެއްގައި ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް އެފަދައިން ނުވަންނަކަން ފާހަގަކުރައްވައި، މަވޯޓާ ވަނީ ޖާބިރުގެ ގަރާރާއިމެދު ނުހަނު ކަންބޮޑުވެލައްވާ ކަމަށް ވިދާޅުވެފައެވެ.

އެއީ ދިވެހިރާއްޖެގައި، ރިސޯޓަކަށް 10,12 ބަހުން ވާހަކަދައްކާ ގެސްޓުން އަންނައިރު، އެމީހުންނާ ޑީލް ކުރަން އެނގެންޖެހޭނެ. ރާއްޖެ އަންނަ ހުރިހާ އެންމެންނަކީ އިނގިރޭސިން ވާހަކަ ދައްކަން އެނގޭ މީހުންނެއް ނޫން. ޖަރުމަނު މީހާއަށް ޖަރުމަނު ބަހުން ވާހަކަދެއްކޭ މެނޭޖަރު ހުންނަންޖެހޭނެ ހިޔުމަން ރިސޯސްގައި. ރަޝިޔާ ބަހުން ވާހަކަދައްކަން އެނގޭ މީހާއާއި އެބަހުން ވާހަކަދައްކަން އެނގޭ މީހަކުވެސް ހުންނަންޖެހޭނެ. މިހާރު (އެކަން) މަނާ ކުރަންވީ ގާނޫނަކުން. ކިހިނެއްތޯ ރިސޯޓްތައް ހިންގާނީ؟

މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް)

މަވޯޓާ ވިދާޅުވީ، އެ ގަރާރުގައި ވާފަދައިން ކަން ކުރުމުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގޭ އެންމެހައި ފަތުރުވެރިންނަށް ދޮރުތައް ބަންދު ވެގެންދާނެ ކަމަށެވެ. އަދި އެއީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ކަމެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. 

ޝަރީފް ވިދާޅުވީ، އެ ގަރާރުގެ ސަބަބުން ރާއްޖޭގައި ބައިނަލްއަގުވާމީ ހޮޓެލް ޗެއިނަކުން ޚިދުމަތް ދިނުމަށް އޮތް ދޮރު ބަންދުވެގެން ދާނެ، ކަމަށާ، އެހެނީ އެ ޗެއިންތަކުން ފޮނުވާ ބޭރުގެ މެނޭޖަރުން އެ މަގާމުތަކުގައި ބެހެއްޓުމުގެ ފުރުސަތު ގަރާރުގެ ސަބަބުން މަނާ ވެގެންދާނެ ކަމަށެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާވަރަށް މެނޭޖަރު ކަމުގެ ހުނަރާއި، ކެއްކުމުގެ ހުނަރު ފަދަ ހުނަރުތައް ހުރި ދިވެހިން ތަމްރީނު ކުރެވިފައި ނުވާ ކަމަށެވެ. އެކަން މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ވެސް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދު ކުއްލިއަކަށް މި ބުނަނީ ގަރާރެއް ހުށަހަޅާފައި ހުރިހާ ބޭރުގެ، ހޮޓަލުތަކުގައި ތިބި މީހުން ފޮނުވާލަންވީއޭ. ވިސާ ކެންސަލް ކޮށްލާފައި. ހުރިހާ ހިޔުމަން ރިސޯސް މެނޭޖަރުން ފޮނުވާލަންވީއޭ. ރާއްޖެއިން ބޭރުގެ ހުރިހާ އެކައުންޓެންޓުން ފޮނުވާލަންވީއޭ. ދެން ރިސޯޓްތައް ކިހިނެއްތޯ ހިންގަނީ؟

މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް)

ޝަރީފް ވިދާޅުވީ އެފަދަ ވާހަކަ ދެއްކުމުން ރައްޔިތުން ވަރަށް ރުހޭނެ ކަމަށާ، އަދި އެކަމާއި ދެކޮޅަށް އޭނާ ވާހަކަ ދެއްކެވުމުން އޭނާ އާއި މެދު ނުރުހޭ މީހުންވެސް ތިބޭނެ ކަމަށެވެ. އެހެންނަމަވެސް، އޭނާ ވާހަކަ ދައްކަވާނެ ކަމަށްވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ސާލިހުމޫސާ
ތިޝަރީފަކީ ދުވަހަކުވެސް ދިވެހި ރައްޔަތަކައް ރަގަޅުގޮތެއްހޯދަދޭން ގަބޫލުވާނެމީހެއްނޫން އެޔައްވުރެ ބޮޑައްގައުމައްގައްދާރު ނުބައިނުލަފާމީހެއް އެކަން މުޅިއައްޑޫ ރައްޔަތުންދަނޭ
19 Apr 2023
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.