މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) -- ފޮޓޯ/ އެމްޑީޕީ
ހަބަރު
07 May 2023 | 12:25
ރައީސް ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިޔަސް ހިތްހަމައެއްނުޖެހޭނެ: ޝަރީފު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިއަސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ހިތްހަމައެއް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މެއި 6, 2021 ގައި ދެވުނު ބޮމުގެ ހަމަލާއަށް ދެ އަހަރުވެފައިވާއިރުވެސް އެމަނިކުފާނަށް އިންސާފު ހޯދައި ނުދެވޭ ކަމަށާ، އަދި ސެކިޔުރިޓީވެސް ފޯރުކޮށްދިނުމުގައި ސަރުކާރުން ފަރުވާކުޑަކޮށްފައިވާ ކަމަށްބުނެ އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެފަރާތްތަކަށް ރައްދު ދެއްވައި މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ސެކިޔުރިޓީ ބަލަހައްޓަން ހިނގާ ޚަރަދު ދައުލަތުގެ ބާކީ ތިބި ހުރިހާ ވެރިންނަށް ވުރެވެސް ބޮޑު ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަށް ސެކިޔުރިޓީ ފޯރުކޮށްދޭ ކަމަށް ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ، ނަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށް، ޝަރީޢަތްވެސް ހިނގަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އިންސާފް ލިބޭ ކަމަށް ނުވާ ކަމަށެވެ. 

"ސެކިޔުރިޓީއަށް 52 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާއިރު އެވަރުންވެސް ހިތްހަމަނުޖެހެންޏާ، މުޅި ދައުލަތުގެ ބަޖެޓް ހުސްކޮށް ޚަރަދުކުރިޔަސް ހިތްހަމައެއް ނުޖެހޭނެ." މަވޯޓާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މަވޯޓާ ވަނީ، މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިނުމުން މަޖިލީހުން އޭނާއަށް ސެކިޔުރިޓީ ދީފައި ނުވާތީ ނުރުހުން ފާޅުކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.