މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް--ފޮޓޯ/މަޖިލިސް
ހަބަރު
25 Nov 2022 | 13:10
"އެމްޑީޕީ އަށް އޮތް ޗޮއިސްއަކީ ރައީސް ޞާލިހު؛ އެނޫން ގޮތަށް ވަކާލާތުކުރަނީ ޕީޕީއެމަށް ވެރިކަން ދޭން"

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ކަމަށާ އެނޫން ގޮތަކަށް ވަކާލާތު ކުރައްވަނީ އިދިކޮޅު ޕީޕީއެމަށް ވެރިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ފެކްޝަނުގެ މެންބަރުންނަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. 

ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި މަވޯޓާ މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ސޯލިހު ނޫން ޗޮއިސްއެއް ނެތް ކަމަށާއި އެއީ ހަމައެކަނި ޗޮއިސް ކަމަށެވެ.

އެއާއެކު އިކޮނޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ރައިސް ނަޝީދުގެ އިތުރުން، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓެގްކުރައްވައި، 2023 އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ސޯލިހު ކަން ތަކުރާރު ކުރައްވައި މަވޯޓާ ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުގައިވެސް އެމަނިކުފާނު ތަފާތު ދައްކަވާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން، އޭނާ ވިދާޅުވީ, މިވަގުތު ކަންނަން އޮތް ގޮތަށް ބަލައި، 2023 އަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށެވެ. އެހެނީ އެމަނިކުފާނު ވަނީ ކޯލިޝަން ލީޑަރުންނާއި އިދިކޮޅާއެކު ވެސް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ލީޑަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށާއި، ކޯލިޝަންގެ އިތުބާރު އޮތް އެމްޑީޕީގެ އެހެން ކެންޑިޑޭޓެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ ތަފާތު ފިކުރުގެ މީހުންނާ އެކުވެސް މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލުކަން ހުރި، ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ޑިސިޝަންތައް ނަންގަވަން ކެރޭ ލީޑަރެއް ނެރެން ޖެހޭ. އެފަދަ ލީޑަރަކަށް ފެންނަން ހުރީ ރައީސް ސޯލިހު. އެއީ ޗޮއިސްއަކީ،" މަވޯޓާ ވިދާޅުވި އެވެ.

އެހެން ކަމުން، 2023 ވަނަ ރިޔާސީ އިންތިހާބު އެމްޑީީޕީ އަށް ކާމިޔާބު ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ރައީސް ޞާލިހު އިންތިހާބުގައި ވާދަކުރެއްވުން ކަމަށާ، އަދި ނޫން ގޮތަކަށް ވަކާލާތު ކުރައްވަނީ އިދިކޮޅު ޕީޕީއެމައަށް ވެރިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތައް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ޞާލިހާއި، ނަޝީދުވެސް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، އެކަމާއި ގުޅިގެން އެ ޕާޓީ ދެބައިވެ، ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ. އެގޮތުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދަވާއިރު، ރައީސް ނަޝީދުގެ ފެކްޝަން އެކަމާ ދެކޮޅެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.