މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/ މަޖިލިސް
ހަބަރު
05 Jan 2023 | 12:09
ރާއްޖެ ލަންކާގެ ހާލަތަށް ވައްޓާލުމަށް މަޖިލިސް ތެރެއިން ބަޔަކު މަސައްކަތް ކުރި: ޝަރީފު

ރާއްޖެ ލަންކާގެ ހާލަތަށް ވައްޓާލުމަށް މަޖިލިސް ތެރެއިން ބަޔަކު މަސައްކަތް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ ސިޔާސީ ލީޑަރަކަށްވެސް ޚިޔާލީ ވާހަކަ ދެއްކިދާނެ ކަމަށެވެ. 

"އެހެނަސް ރައީސް ޞާލިހު ރޭ ދެއްކެވީ ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ ފާއިތުވި ތިން އަހަރު ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދެވިގޮތް. ޕާޓީގެ މަދު ބަޔަކު ގައުމު ބަނޑަށް ޖައްސަން ކެނޑިނޭޅި މަސައްކަތް ކުރެއްވި." ޝަރީފް ވިދާޅުވި އެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ، ބަޔަކު ބޭނުންވި ގޮތަށް ގައުމު ބަނޑަށް ނުޖެހުނީ، ކެތްތެރިކަމާއި، މަޑުމައިތިރި ކަމާއި ވިސްނުންތެރި ކަމާއިއެކު ރައީސް ޞާލިހު އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުން ކަމަށެވެ. 

" މަޖިލިސް ތެރެއިން ބަޔަކު މަސައްކަތް ކުރި ގާނާ އާއި ސްރީލަންކާ ފަދަ ގައުމުތަކުގެ ހާލަތަށް ވައްޓާލަން." ޝަރީފް ވިދާޅުވި އެވެ. 

މީގެ އިތުރުން ޝަރީފް ވަނީ އިގްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތައް ހާމަ ނުކުރާ ނުކުރުން ވެސް ދިފާއު ކޮށް ޓުވިޓް ކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް އިގްތިސާދު ރައްކާތެރި ކުރުމާއި ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން ހުންނާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ރައްކާތެރި ކުރަންޖެހޭ ދައުލަތުގެ ސިއްރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

"އެކަން ބައެއް ބޭފުޅުން ސިޔާސީ މަންފާއަށް ހަނދާން ނައްތާލާކަމީ ހިތާމަ ހުރި ކަމެއް."  ޝަރީފް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.