ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ޝަރީފް ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
02 Jan 2023 | 22:00
ބޮޑާބަސް ވިދާޅުވިޔަސް ކޯލިޝަނާއި ނުލާ ނަޝީދަށްވެސް ވެރިކަމަށް ނާދެވޭނެ: ޝަރީފު

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ވެރިކަމަށް އާދެވޭނީ ކޯލިޝަނެއްގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ދުވަހަކުވެސް އިންތިޚާބެއްގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައި ނުގަންނަވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން ނަޝީދަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ޝަރީފު ވިދާޅުވީ ދުވަހަކުވެސް ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިވަޑައި ނުގަންނަވާކަމަށް ވިދާޅުވި ނަމަވެސް ކޯލިޝަނާއި ނުލާ ނަޝީދަށްވެސް ކާމިޔާބީއެއް ހޯއްދެވިފައި ނުވާކަމަށެވެ. އަދި ދެން ވެސް ކޯލިޝަނާއި ނުލާ ކާމިޔާބުވާތަން ފެނިނުލައްވާކަމަށެވެ. 

ޝަރީފު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނިކުމެވަޑައިގެން ނަޝީދަށް ލިބިލެއްވީ އެންމެ 25 އިންސައްތަކަމަށެވެ. އެފަހަރު ނަޝީދަށް ވެރިކަމަށް އާދެވުނީ ކޯލިޝަނެއްގެ ތެރެއިންކަން ޝަރީފު ވަނީ ހަނދާންކޮށްދެއްވާފަ އެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނަޝީދު ނިކުމެވަޑައިގެން ހުންނެވިއިރު، ނަޝީދަށް ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އެނާ އާ އެކު އެއްވެސް ސިޔާސީ ޕާޓީއަކުން ކޯލިޝަން ހަދަން ބޭނުން ނުވާނެކަމަށް ރައީސް ސޯލިހުގެ ވަފާދާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

ނަޝީދަކީ ކޯލިޝަން ދަމަހައްޓަން އެނގިވަޑައިގަންނަވާ ބޭފުޅަކަށް ނުވާތީ، އެމްޑީޕީއަށް އެންމެ ފައިދާ ބޮޑު ގޮތަކީ ގުޅިގެން މަސައްކަތް ކުރަން ދަންނަ ލީޑަރެއް އިޚްތިޔާރު ކުރުންކަމަށާއި، އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދީގެންކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.