މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) | ފޮޓޯ: މަޖިލިސް
ހަބަރު
23 Nov 2022 | 12:17
އީވާ ނުރުހުންވީ، ރައީސް ޞާލިހު، މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރާތީ: ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ، އަދުގެ ސަރުކާރާއި، އަދި ބަޖެޓާއި މެދު ނުރުހުން ފާޅުކުރެއްވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަކީ މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރައްވާ ބޭފުޅެއް ކަމަށް ވާތީ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ބަޖެޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ބަޖެޓަށް ފާޑު ވިދާޅުވެ، ބަޖެޓުގައި މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އަސާސީ ހައްގު ކަމުގައިވާ ބޯހިޔާވަހިކަން ކަށަވަރުކުރަންވެސް އެންމެ މަޝްރޫއުއެއް ހިންގާފައި ނުވާކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. 

އަދި މާލެ ނޫން ރަށްރަށުގައި ފެނާއި، ނަރުދަމާ އާއި ބަނދަރުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އެއީ އަސާސީ ޚިދުމަތްތައް ކަމަށާ، އެ ކަންކަން ކޮށްދިނުމުގެ އިތުރުންވެސް، އެމްޑީީޕީގެ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވީ އެހެން ވައުދުތައްވެސް ފުއްދަން ޖެހޭނެކަމަށް އެނާ ވިދާޅުވިއެވެ. 

"ކޮންމެ ބަނދަރަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ވައްކަން ހޯދާތަން ފެންނަންޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން މި ސަރުކަާރުގެ ވެންޓިލޭޓަރު ވައްކަން ހޯދަން އުޅޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން ގަލޮޅު އުތުރު މާލެއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން ގެއްލިފައިވާ ރިލުވާނާއި މަރާލާފައިވާ ޔާމީން އިންސާފު ހޯދާތަން ފެންނަންޖެހޭނެ. ކޮންމެ ބަނދަރަކާއި ގުޅިގެން އެމްޑީޕީން މަސްވެރިންނަށް ވީ ވައުދުތައް ފުއްދާތަން ފެންނަންޖެހޭނެ." އީވާ ވިދާޅުވިއެވެ. 

އީވާ ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ކުރި އުއްމީދު އެއީ ބަނދަރެއް ކަމުގައި ހަދާފައި ނިންމާ ނުލެވޭނެ ކަމަށާ، ދިވެހިރައްޔިތުންގެ އުއްމީދު ނިންމާލެވޭ ހިސާބަކީ ބަނދަކަށް ނުހެދޭނެކަމަށެވެ. 

އީވާގެ މި ވާހަކަ ތަކާއި ގުޅުވައި، ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީވާ އެންމެ ހިތްހަމަޖެހިވަޑައިނުގަތީ، ރާއްޖެތެރޭ ރަށްރަށުގައި ފެނާއި، ނަރުދަމާއާއި ބޯފެން އަދި ބަނދަރު ހަދާތީ ކަމަށެވެ. 

"ޒަމާނުއްސުރެ އޮންނަ މާލެ އާއި ރާއްޖެތެރެ ތަފާތު ކުރުމުގެ ސިޔާސަތު ރައީސް ޞާލިހު ނުހިންގަވާތީ އީވާ ނުރުހުން ފާޅުކުރައްވައިފި. ރާއްޖެ ތެރޭގެ ރަށްރަށުގައި ނަރުދަމާ އާއި ބޯފެން އަދި ބަނދަރު ހަދާތީ އެންމެ ބޮޑަށް އީވާ ހިތްޕުޅު ހަމަނުޖެހުނީ." ޝަރީފް ވިދާޅުވިއެވެ. 

ޝަރީފްގެ މި ވާހަކަތަކާއި ގުޅިގެން ޝަރީފް އުޅުއްވަނީ އީވާ ދެއްކެވި ވާހަކަތައް އޮޅުވާލައި ދޮގު ހަދަންކަމަަށް އެމްޑީޕީ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. 

އަދި މެންބަރު އީވާވެސް ވަނީ އެއީ ބުހުތާނު ދޮގު ކަމަށާއި، ބަނދަރުވެސް މުހިންމުވާ ފަދައިން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަންވެސް މުހިންމުކަމަށް ވިދާޅުވެ މުޅި ސްޕީޗު އަޑުއައްސަވަން ޝަރީފް އަށް ދަންނަވާފައެވެ. އަދި އެފަދައިން ވާހަކަ ދައްކަވައިގެން ޝަރީފް އެ "ހައްދަވަނީ ބިރުވެރި ފިތުނައެއް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.