ރައީސް މުހައްމަދު ނަޝީދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ހަބަރު
07 Dec 2022 | 14:49
ރައީސް ނަޝީދު، ޝަރީފްއާއި ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މައްޗަށް އަބުރުގެ ދައުވާކޮށް އޭނާގެ އަތުން 10 މިލިއަން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. 

ރައީސް މައުމޫންގެ ވެރިކަމުގައި، ބޮމެއް ގޮއްވާލާ 50 ވުރެ ގިނަ މީހުން މަރާލުމަށް ފަހު އެކަން މައުމޫންގެ ބޮލުގައި އެޅުވުމަށް ނަޝީދު އިސްވެ ރޭއްވެވި ކަމަށް ޝަރީފް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެކަން ހުއްޓުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކޮށްގެން ކަަމަށާ، އެކަން ހުއްޓުވުމަށް ބޭރުގެ އެހީއަށް އެދެން ނިންމި ނިންމުމުގައި ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުގެ ހައިސިއްޔަތުން ބޭރުގެ ގައުމުތަކުގެ ލީޑަރުންނަށް ފޮނުއްވެވި ސިޓީގައި ސޮއި ކުރެއްވީ އޭނާ ކަަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި ނަޝީދުގެ ރޭއްވެވުން ނާކާމިޔާބު ކޮށްލެވުނީ ބޭރުގެ އެހީތެރިކަން ލިބިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ އެ ތުހުމަތު ތަކާއި ގުޅިގެން ރައީސް ނަޝީދު، ޝަރީފްގެ މައްޗަށް އަބުުރުގެ ދައުވާކުރަން ސިވިލް ކޯޓަށް ވަނީ ހުށަހަޅުއްވާފައެވެ.

އެގޮތުން ހުށަހެޅި މައްސަލަ އާއި ގުޅިގެން ނަޝީދުގެ ވަކީލުންގެ ޓީމުން ބުނީ، އެ މައްސަލަ ހުށައެޅުއްވީ އެއްޗެއް ގޮއްވާލާ އެތައް ބަޔަކު މަރާލައި ގަތުލު އާންމެއް ހިންގަން އެމަނިކުފާނު އުޅުނުކަމަށް ބުނެ މެންބަރު ޝަރީފް، މިމަހުގެ 25 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޓްވީޓެއްގައި، ރައީސް ނަޝީދުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބޭގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށެވެ.  

އެހެންކަމުން މެންބަރު ޝަރީފުގެ ކިބައިން، އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައި ދިނުމަށް މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލައިފާ ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ބުނެފައިވެއެވެ. 

މި މައްސަލަ ނަޝީދުގެ ފަރާތުން ހުށަހެޅުއްވީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ވަނީ އިއްޔެގެ ވަގުތެއްގައި ސިވިލް ކޯޓުން ބަލައިގެންފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ