މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް---ފޮޓޯ: އެމްޑީޕީ
ހަބަރު
29 Jan 2023 | 13:01
ދިވެހި ގައުމު މިވަގުތަށް ސަލާމަތްވެއްޖެ: ޝަރީފް

މާތް ރަސްކަލާނގެ އިރާދަފުޅާއި މިންވަރު ފުޅުން ދިވެހި ގައުމު މި ވަގުުތައް ސަލާމަތް ވެއްޖެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއްޖެއެވެ.

އިއްޔެގައި ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ކުރި ޓްވީޓެއްގައި އިބްރާހިމް ޝަރީފް ވިދާޅުވެފައިވަނީ މަސައްކަތް އޮތީ އަދި ކުރިއަށްކަމަށެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު އިންތިޚާބު ގެ ނަތީޖާ ދައްކާގޮތުން ރައީސް ޞާލިހަށް ލިބިފައިވަނީ %61 ވޯޓެވެ. އަދި އިންތިޚާބު ގައި އެމަނިކުފާނާއި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވަނީ %39 ވޯޓެވެ. 

މިކަމާއިި ގުޅިގެން ޝަރީފް ވަނީ ރައީސް ސާލިހް އަށް މަރުހަބާ ކިޔައިފައެވެ. އެއާއިއެކު މި ދަތި އުނދަގޫ ވަގުތުގައި އެމަނިކުފާނުގެ ސަރުކަރުން ހާސިލްކުރައްވާފައިވާ ކަނތައްތައް އެމްޑީޕީގެ މެމްބަރުން ގަބޫލް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އަދިި ޝަރީފް ވަނީ ވަރަށް ބޮޑެތި ގޮންޖެހުން ތަކާ، ކުރިމަތިވި ފުރައްސާރަ އާއި އުނދަގޫ ގިރާކޮށް ރައީސް ޞާލިހް މަރަދޫ ދާއިރާގެ ކެމްޕެއިންނަށް ކުރި ބުރަ މަސައްކަތް ފާހަގަ ކޮށް ހައްގު ޝުކުރު އަދާ ކުރައްވާފައެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ޕްރައިމަރީއަށް ކެންޕެއިން ކުރުމަށްް މަރަދޫ އަށް ވަޑައިގެންއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެރަށު ރައްޔިތުން ކުރި މުޒާހަރާއާއި ގުޅިގެންނެވެ.

މީގެ އިތުރުން އިބޫ އަކީ އެހެން މީހުންގެ ޙިޔާލުތައް އަޑު އައްސަވާ އަދި ކަންކަން ނިންމުމުގައި އެޙިޔާލުތައް ވިސްނުމަށް ގެންނަވައި، މަޑުމައިތިރި އަދި ވިސްނޭ ބޭފުޅެއްކަމަށް އޭނާ ކުރި އެހެން ޓްވީޓެއްގައި ވަނީ ފާހަގަކުރައްވާފައެވެ.

"މި ގައުމަށް ބޭނުންވާ އަމާންކަމާއި ސުލްހަވެރިކަން އެމަނިކުފާނު ގެންނަވާ. މިފަދަ ހާލަތެއް ނެތްނަމަ އެއްވެސް މީހަކަށް ކުރިއެރުމެއް ނުލިބޭނެ." ޝަރީފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
މުހައްމަދު
ޝަރީފް ވެސް ކަރަޕްޝަން މައްސަލައިން މިވަގުތަށް ސަލާމަތްވީ ދޯ!
29 Jan 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.