މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/މަޖިލިސް
ހަބަރު
22 Jan 2023 | 12:00
ރައީސް ނަޝީދު ދައްކަވަނީ ނުރައްކާތެރި ވާހަކަތަކެއް: ޝަރީފް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދަނީ ގައުމުގެ މަސްލަހަތު ގެއްލިދާފަދަ ނުރައްކާތެރި ވާހަކަތައްކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ، ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ގއ ވިލިނގިލި އަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ސަރަހައްދު ވަކި ސަރުކާރެއްގެ ގޮތުގައި ހިންގަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށްޓަކައި ފެޑަރަލް ނިޒާމެއް ގެނައުމަށް ތާއީދު ކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާ ޝަރީފް ނަޝީދަށް އަމާޒު ކުރައްވައި މިއަދު ކުރެއްވި ޓުވީޓް ތަކެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެހާ ވަސީލަތަކީ ހުރިހާ ރައްޔިތުންގެ އެއްޗެއްކަމަށެވެ.

އަދި ދިވެހިންނަކީވެސް އެއް ބައެއް ކަމަށާ، ރާއްޖޭގައި ތިބެނީ އެއް ދީނެއްގެ އަހުލުވެރިންކަމަށްވާއިރު، ގައުމު ފޮތި ފޮތިކުރާ ވާހަކަދެއްކުމަކީ މުޅި ގައުމުގެ މަސްލަހަތު ގެއްލިގެންދާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ގޮތް ގޮތަށް ރައީސް ނަޝީދު ދައްކަވަމުންދަނީ ނުރައްކާތެރި ވާހަކަތަކެއް ކަަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ކުރެއްވި އެހެން ޓުވީޓެއްގައި އޭނާ ވިދާޅުވީ، ފެޑަރަލް ނިޒާމެއް ގުޅެނީ އާބާދީ އެތައް ސަތޭކަ މިލިއަނަކަށް އަރާ، އެތައް ލައްކަ ކިލޯ މީޓަރެއްގެ ބިން އޮންނަ ގައުމުތަކާއި ކަމަށެވެ. އަދި އެއީ އެތައް ދީނެއްގެ މީހުން ދިރިއުޅެމުންދާ މަދު ގައުމުތަކެއް ކަމަށާ، އެފަދަ ނިޒާމެއް ރާއްޖެއާއި ނުގުޅޭކަމަށެވެ. އަދި ނަޝީދު ދައްކަވަމުންދާ ވާހަކަތަކުގެ ނަތީޖާއަކީ ގައުމު ބައިބައިވެ ފަސާދަވުންކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.